twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަކުނުދޫގައި ކަނޑުމަހުގެ ތަފާތު އުފެއްދުންތައް އުފެއްދުމުގެ ތަސައްވުރެއް އެބައޮތް، ކުލަ ޖެހިގެންދާނެ

Aug 13, 2018

ހދ. މަކުނުދޫގައި ކަނޑުމަހުގެ އުފެއްދުންތައް އުފެއްދުމުގެ ތަސައްވަރެއް އެބައޮތް ކަމަށާއި ކޯލިޝަން ވެރިކަމެއްގައި އެކަމުގައި ކުލަ ޖެހިގެންދާނެކަމަށް ކޯލިޝަން ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެއްވި ދަތުރުފުޅުގެ ތެރެއިން، ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މަކުނުދޫއަށް ވަޑައިގަތީ ހަވީރު އެވެ.

ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކަނޑުމަހުގެ ތަފާތު އުފެއްދުންތައް އުފެއްދުމުގެ ފުރުސަތު ފެށިގެން ދިއުމަކީ ތަސައްވުރެއް ކަމަށާއި އަދި އެކަމަކީ އެކޮނޮމިކް ޕްލޭންގައި ހިމެނިފައިވާ ކަމެއް ކަމަށްވެސް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި އެމަޝްރޫއުގައި ކުލަ ޖެހިގެންދާނެ ކަމަށެވެ.

މަކުނުދޫގައި ކަންނެލި ބޮޑެތި އޮޑިފަހަރު ގެންގުޅޭ ރަށެއް ނަމަވެސް އެ ދޯނިފަހަރު މަރާމާތުކުރުމަށްދާ ޖެހެނީ ކ. ގުޅިއަށް ކަމަށާއި ކޯލިޝަން ސަރުކާރެއްގައި މަކުނޫދޫގައި ސިލިޕްވޭއެއް ހަދައިދޭނެކަމަށް އިބޫ ވިދާޅުވި އެވެ. މަކުނޫދުގައި ކަންނެއްޔަށްދާ 18 ދޯނި އޮވެ އެވެ.

އިބޫ ވިދާޅުވީ މަކުނުދޫގެ ސިއްހީ މަރުކަޒު މަރާމާތުކޮށް ސްކޭންކުރެވޭނެ ގޮތާއި އެކްސްރޭގެ ހިދުމަތް ފެށިގެންދާނެ ކަމަށާއި އަދި އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް އެރަށުގައި ގާއިމުކުރެވޭނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަކީ ކޯލިޝަން ވެރިކަމެއްގައި ލިޔެ ނިމިފައިވާކަމެއް ކަމަށާއި މަކުނުދޫގައިވެސް އެ ހިދުމަތް ޕާޓީތަކުގެ ސަރުކާރެއްގައި ގާއިމުކުރެވޭނެކަމަށް އިބޫ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355