twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވައިގެ މަގުން މަކުނުދޫއަށް ދަތުރުކުރެވޭނެ ގޮތް ހަދައިދޭނަން: އިބޫ

Aug 13, 2018

ގުދުރަތީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި، ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައި އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ރޭ މަކުނުދޫގައު ބޭއްވި ޖަލްސާގައި އެރަށު ކައުންސިލްގެ ނައިބު ރައީސް ސާމީ އާއި މަޖިލިސް މެމްބަރު އަނާރާ ނައީމް ވަނީ އެރަށުގައި އެއާޕޯޓެއް އަޅުއްވާދެއްވުމަށް އިބޫ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ވައިގެ މަގުން މަކުނުދޫން ދަތުރުކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި ނަމަވެސް އެއީ އެއާޕޯޓެއް އަޅައިގެން ތޯ ނޫނީ ސީޕްލޭނުގައި ތޯ ނިންމާނީ ދިރާސާ ކުރުމަށްފަހު އެތަންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބޯ ތޯ ބެލުމަށްފަހު ކަމަށް އިބޫ ވިދާޅުވި އެވެ.

އެއާޕޯޓެއް އަޅާއިރު އެއީ ފީޒިބިލްކަމެއް ތޯ ވެސް ބަލަން ޖެހޭނެކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އެކަން ކުރަންޏާ އިތުރު މަސައްކަތްތަކެއް މަކުނުދޫއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި މަކުނުދޫގެ 17 މޭލުގެ ބިޔަ ފަޅުން އެބޭފުޅުންގެ ނޫ އިގްތިސާދުގެ ދަށުން ފަޅުގޮވާން ކުރެވޭނެކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭނީ ކޮން ގޮތަކުން ކަން ތަފްސީލާއެކު މި ވަގުތު ހާމަކުރެއްވެން ނެތީ އެކަމަށް ކުރަންޖެހޭ ދިރާސާތައް އަދި ނުނިމޭތީ އެވެ. ނަމަވެސް ވައިގެ މަގުން ޚިދުމަތް ދޭން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355