twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ވައިކަރަދޫ ކައިރީގައި ރިސޯޓެއް ހުޅުވާނެކަމުގެ ޔަގީންކަން އިބޫ ދެއްވައިފި

Aug 13, 2018

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި ފަތުރުވެރިކަންފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، ހދ.ވައިކަރަދޫ ކައިރީގައިވެސް ރިސޯޓެއް ހުޅުވިގެންދާނެކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.

ހދ.އަތޮޅު ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ދެންމެ ހދ ވައިކަރަދޫއަށް ވަޑައިގަތް، އިބޫ ވިދާޅުވީ ފަތުރުވެރިކަމުގެ ސިޔާސަތު މުޅި ރާއްޖެއަށް ފެތުމުގެ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހދ އަތޮޅުގައިވެސް ރިސޯޓް ތަރައްގީކުރައްވާނެ ކަމަށާއި އަދި ވައިކަރަދޫ ކައިރީގައިވެސް ރިސޯޓް ހުޅުވާނެކަމުގެ ޔަގީންކަން އިބޫ ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

ވައިކަރަދޫގެ ގިނަ ރައްޔިތުންތަކެއް ރަށުގައި ދިރިއުޅެމުން ނުދަނީ ރަށާއި ކައިރިން ވަޒީފާގެ ފުރުސަތުތައް ނެތީމަކަށްވެސް އިބޫ ވިދާޅުވި އެވެ. އިދިކޮޅު ވެރިކަމެއްގައި ވައިކަރަދޫގައި ނަރުދަމާގެ ހިދުމަތް ގާއިމްކުރައްވާނެކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެރަށުގެ ސްކޫލުގައި އިމާރާތްކުރަން ފަށާ ނުނިމި ހުރި 9 ކުލާސް ރޫމްގެ މަސައްކަތް އެބޭފުޅުންގެ ވެރިކަމެއްގައި ނިންމާ އެއް ދަންފަޅިއަށް ވައިކަރަދޫގެ ސްކޫލްވެސް ބަދަލުކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355