twitterviber whatsapp telegramfacebookyoutube instagram
1st June 2025

އަޟްހާ އީދު ބަންދަށް އުތީމް ގަނޑުވަރު ހުޅުވާނީ 22 އަދި 23 އޮގަސްޓުގަ

Aug 13, 2018

މި އަހަރުގެ އަޟްހާ އީދާ ގުޅިގެން އުތީމް ގަނޑުވަރު ހުޅުވިފައި ހުންނަނީ 22 އަދި 23 އޮގަސްޓް ކަމަށް ޑިޕާންޓްމެންޓް އޮފް ހެރިޓްޖުން ބުނެފި އެވެ.

އެ ޑިޕާޓްމެންޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 1438 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން 19 ން 21 އޮގަސްޓަށް އުތީމު ގަނޑުވަރު ބަންދު ވާނެ ކަމަށެވެ.

22 އަދި 23 ދެ ދުވަހު ގަނޑުވަރު ހުޅުވިފައި ހުންނާއި ހެނދުނު 10:15 އިން މެންދުރުފަހު 13:30 އަށެވެ.

އީދު ބަންދަށް ފަހު ކުރިއެކޭ އެއްގޮތަށް ހުކުރު ދުވަސް ފިޔަވާ ހެނދުނު 8:15 އިން 13:30 އަށް ގަނޑުވަރު ހުޅުވިފައި ހުންނާނެ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ،

މީގެ އިތުރުން ގައުމީ ދާރުލްއާޘާރު އޮގަސްޓް 19 ން 23 އާސް ބަންދުވާނެ ކަމަށާއި ދެން ހުޅުވޭނީ 25 އޮގަސްޓް ކަމަށްވެސް ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އީދު ބަންދާއި ބޮޑު ބަންދާ ދިމާކޮށް ގިނަބަޔަކު އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރެއެވެ. އެގޮތުން 2016 ވަނަ އަހަރު އުތީމު ގަނޑުވަރު ބަލާލުމަށް 7561 މީހުން ޒިޔާރާތްކޮށްފަވެ އެވެ. 2015 ވަނަ އަހަރު ގަނޑުވަރު ބެލުމަށް ޒިޔާރާތްކޮށްފައިވަނީ 5606 މީހުންނެވެ. 2014 ވަނަ އަހަރު 5187 މީހުން ޒިޔާރާތްކޮށްފައިވާއިރު 2013 ވަނަ އަހަރު ޒިޔާރާތްކޮށްފައިވަނީ 5034 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355