twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޕޯސްޓް އޮޕަރޭޓިވް ކެއަރ ޔުނިޓްގެ ހިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަށައިފި

Aug 13, 2018

ޕޯސްޓް އޮޕަރޭޓިވް ކެއަރ ޔުނިޓްގެ ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދޭން ފަށައިފި އެވެ. މިހިދުމަތް ފަށާފައިވަނީ އިއްޔެ އެވެ.

ޕޯސްޓް އޮޕަރޭޓިވް ކެއަރގެ ހިދުމަތްތަކީ ބޮޑެތި އޮޕަރޭޝަންތަކަށް ފަހު ބަލިމީހާ ހޭއަރާ، ހަމައަކަށް އެޅެންދެން ވަކި ހާއްސަ އައިސީޔޫއެއްގައި ބާއްވައިގެން ފަރުވާދިނުމެވެ. މީގެ ކުރިން ބޮޑެތި އޮޕަރޭޝަންތަކަށް ފަހު ބަލި މީހާ ހޭއަރަންދެން ބާއްވަނީ އޮޕަރޭޝަން ތިއޭޓަރުގަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓަރ ޑރ. މުހައްމަދު ވަހީދު މިއަދު ކޭއޯއަށް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން އޮޕަރޭޝަންތަކަށް އަވަސްކަމެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ހިދުމަތް ފެށިގެންދިއުން އޮޕަރޭޝަން ނިމުމުން ބަލި މީހާ ޕޯސްޓް އޮޕަރޭޓިވް ޔުނިޓަށް ބަދަލުކުރެވޭނެ ކަމަށާއި އެތަނުގައި ބަލި މީހުންނަށް ފަރުވާދެއްވުމަށް ތިއްބަވާނީ ތިއޭޓަރުގައި މަސައްކަތްކުރައްވާ ހާއްސަ ނަރުހުން ކަމަށެވެ.

ކޭއާރުއެޗުގައި ގާއިމްކުރި ޕޯޓްސް އޮޕަރޭޓިވް ކެއަރ ޔުނިޓް–

ބަލި މީހާ ރަނގަޅުވެ ވޯޑަށް ބަދަލުކުރުމާ ހަމައަށް މި ހާއްސަ އައިސީޔޫގައި ބާއްވައިގެން ފަރުވާދޭނެ އެވެ. ޕޯސްޓް އޮޕަރޭޓިވް ކެއަރ ޔުނިޓް ގާއިމުކޮށްފައިވަނީ އަލަށް އިތުރުކުރި އޮޕަރޭޝަން ތިއޭޓަރުގައި އެކަމަށް ހާއްސަކޮށްފައި ހުރި ބައިގަ އެވެ.

އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލުތަކުގައިވެސް ބޮޑެތި އޮޕަރޭޝަންތައް ކުރުމަށްފަހު ބަލިމީހާ ހަމައަކަށް އެޅެންދެން ފަރުވާދެނީ ޕޯސްޓް އޮޕަރޭޓިވް ކެއަރ ޔުނިޓްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355