twitterviber whatsapp telegramfacebookyoutube instagram
1st June 2025

ކުޅުދުއްފުށި ތަރައްގީކުރާނީ އާބަން ސެންޓަރެއްގެ ގޮތުގައި: އިބޫ

Aug 13, 2018

ރާއްޖޭގެ އުތުރުގައި ތަރައްގީކުރާ އާބަން ސެންޓަރު ތަރައްގީކުރުމަށް ނިންމާފައިވާ ކުޅުދުއްފުށީކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި މިރޭ ބޭއްވި ހދ އަތޮޅުގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވީ މެނިފެސްޓޯގައި ރާއްޖޭގެ އުތުރާ ދެކުނު އަދި މެދުތެރޭގައި އާބަން ސެންޓަރުތަކެއް ގާއިމުކުރުމަށް ވާނީ ކަނޑައަޅާފަކަމަށާއި އެގޮތުން މާލޭ އިން އުތުރުގައި ގާއިމުކުރާ އާބަން ސެންޓަރަށް ކުޅުދުއްފުށީ ވެގެންދާނެ ކަމަށެވެ.

” މާލޭގައި އުތުރުގައި ގާއިމުކުރާ އެއް އާބަން ސެންޓަރަކަށް މިތަން (ކުޅުދުއްފުށި) ވެގެންދާނެކަމަށް އަޅުގަނޑު ޔަގީންކޮށް އަރުވަން.” ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބު ކުރައްވަމުން އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި އިގްތިސާދީ އިތުރު ވަސީލަތް ގާއިމްކޮށް އިތުރު ހިދުމަތްތައް ގާއިމްކުރެވޭނެކަމަށެވެ. އަދި މިރަށުގައި އޮތް އިންޓަނޭޝަނަލް ބަނދަރަށް ގެނެވޭ މުދާ އަގުހެޔޮކޮށް ރައްޔިތުންނަން ލިބޭނެ ގޮތް ހެދުމަށްޓަކާ ޓެކްސް އާއި ޑިއުޓީއަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ހަމަޖެހިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ކުދި އަދި މެދު ވިޔަފާރިތައް ކުރިއެރުވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށް އިބޫ ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވޭ ބޭންކިންގެ ހިދުމަތް ފުޅާކޮށް ގެނެސްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެ ބޭންކުތަކުން ކުދި ވިޔަފާރިތަކާއި އަންހެނުންގެ ވިޔަފާރި އަދި ޓެކްނޮލޮގީގެ ވިޔަފާރިތަކަށް ފުރުސަތުތައް ހުޅުވިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355