twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް އިބޫ ވިދާޅުވެއްޖެ

Aug 14, 2018

ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ތިބި ހުރިހާ ފަރާތްތަކަށް އެކަން ހައްލުކޮށްދެއްވާނެކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ރޭ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ރޭ ބޭއްވި ހދ އަތޮޅު ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދީ، އެކަމަށް ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ

ބޯހިޔާވަހިކަމުގެ މައްސަލައަކީ ކުޅުދުއްފުށީގައި ބޮޑުވެފައި އޮތް މައްސަލައެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކާ އެމްޑީޕީގެ ވެރިކަމުގައި ރޯހައުސްތަކެއް އިމާރާތްކުރިނަމަވެސް މިއަދާ ހަމައަށް އާއިރުވެސް ރޯހައުސްތަކުގެ ބޭނުންނުކުރެވި، ސަރުކާރުންވަނީ އެކަން ހުއްޓުވާފަކަމަށް އިބޫ ވިދާޅުވި އެވެ.

“އަޅުގަނޑު ތިޔަބޭފުޅުންނަން ޔަގީންކޮށް މިއަރުވަނީ އަޅުގަނޑުމެންގެ ވެރިކަމުގައި މިރަށުގައި ބޯހިޔާވަހިކަމަށް ބޭނުންވެ ތިބި ހުރިހާ ފަރާތްތަކަށް އެކަން ހާސިލުކޮށްދޭނެ ވާހަކަ.” އިބޫ ވިދާޅުވި އެވެ.

ބިން އޮތީ ކިހާވަރަކަށް ތޯ ބަލައި އެއީ ގޯތި ދެވޭ ވަރުގެ ބިމެއްކަމަށް ވަންޏާ ގޯތި އެޅޭނެ ނޫން ނަމަ ފްލެޓް އަޅައި ދިގު މުއްދަތުން ފައިސާ ދައްކާގެ މިލްކް ކުރެވޭ އުސޫލެއްގެ ތެރެއިން ފްލެޓް ދޫކުރާނެ ވާހަކަ މިފުރުސަތު ދަންނާވާކަމަށް އިބޫ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ މުޅި ރާއްޖޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުއެއްކަމަށް ވިދާޅުވަމުން އިބޫ ވިދާޅުވީ މާލެ ސަރަހައްދާއި އެހެނިހެން ސަރަހައްދުގައިވެސް ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް ފްލެޓް އަޅާނެ ކަމަށެވެ. އިބޫ ވިދާޅުވީ ސިފައިންނާއި ފުލުހުންނަން ހާއްސަކޮށްފައިވާ ފުލެޓްތަކަށް އެންމެ މަދުވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެފަރާތްތަކުގެ އާއިލާތަކަށް ވަދެވޭނެކަމުގެ ޔަގީންކަންވެސް އިބޫ ދެއްވި އެވެ.

ފުލެޓްތަކަށް ދައްކަން ޖެހޭ ފައިސާ ލުއިގޮތެއްގައި ދައްކާ މިލްކް ކުރެވޭ އުސޫލެއް ގާއިމުކުރާނެކަމަށް އިބޫ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355