ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް، ޓެކްސީ ޑްރައިވަރުންނަން އުފާވެރި ޙަބަރެއް ދީފި އެވެ. އެގޮތުން އިބޫ ވިދާޅުވީ ޓެކްސީ ބޯޑް ގަތުމަށް ނަގާ ފީ އުވާލާނެކަމަށެވެ.
އިދިކޮޅު އިއްތިހާދުގެ ފަރާތުން ރޭ ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވީ ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ވިދާޅުވަމުން، އިބޫ ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި ޓެކްސީ ބޯޑް ގަތުމަށް ނަގާ 50،000ރ ފީ އެއްކޮށް ކަނޑާލާނެ ކަމަށެވެ.
” ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ޓެކްސީއެއްގެ އިތުރުން ބޯޑު ގަތުމަށް 50،000ރ ހަރަދުކުރަން އެބަޖެހޭ. މިރޭ އަޅުގަނޑު ޔަގީންކޮށް އަރުވަން މިނަގާ ފީ މުޅިން ކަނޑާލާނަން.” ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބުކުރައްވަމުން އިބޫ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ފެށީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި ނަމަވެސް އެމަސައްކަތް އަދިވެސް ނިންމާލެވިފައިނުވާ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ކައުންސިލުގެ ލަފާގެ މަތިން ކުޅުދުއްފުށީގެ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ.