twitterviber whatsapp telegramfacebookyoutube instagram
1st June 2025

މަކުނުދޫ ފަދަ ރަށްރަށުގައިވެސް އެއާޕޯޓް އަޅުއްވައި ދެއްވޭނީ ރައީސް ޔާމީނަށް: އަދުރޭ

Aug 14, 2018

ހދ. މަކުނުދޫ ފަދަ ރަށްރަށުގައިވެސް އެއާޕޯޓް އަޅުއްވާދެއްވޭނީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުއްގައްޔޫމަށްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުުފުޅުގެ ތެރެއިން މިމަހު 13 ވަނަ ދުވަހު މަކުނުދޫއަށް ވަޑައިގަތް ބޭއްވި، ޖަލްސާއެއްގައި މަކުނުދޫއަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް ދިރާސާ ކުރެއްވުމަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައިވަނިކޮންނެވެ. އެހެން އިބޫ ވިދާޅުވީ އެރަށުގައި އެއާޕޯޓެއް އަޅުއްވައިދެއްވުމަށް ރައްޔިތުންގެ ފަރާތުން ކައުންސިލް މެމްބަރު ސާމީ އާއި މަޖިލިސް މެމްބަރު އަނާރާ ނައީމް އެދިވަޑައިގަތުމުންނެވެ.

އެ ޖަލްސާގައި އިބޫ ވިދާޅުވެފައިވަނީ އެރަށަށް މުހިންމީ އެއާޕޯޓް ތޯ ނޫނީ ސީޕްލޭން ތޯ ބަލާނީ ދިރާސާކުރުމަށް ފަހު ކަމަށެވެ. އަދި އެރަށަށް އެންމެ މުހިންމު ގޮތެއް ނިންމަވާނެކަމަށްވެސް އިބޫ ވިދާޅުވި އެވެ.

ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ޕީޕީއެމްގެ ރައީސް އަބުދުއްރަހީމް އިއްޔެ ވަނީ މަކުނުދޫއަށް ވަޑައިގެންފައި އެވެ. އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަކުނުދޫ ފަދަ ރަށްރަށުގައިވެސް އެއާޕޯޓް އަޅުއްވާދެއްވޭނީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކަމަށެވެ.

Makunudhoo fadha rah rashugaives Airport alhuhvai dhehveynee RY ah.IA,RYge 2vana dha’uruga Ekankan furihama kohdhehvaane.Rayyithunge manfaa ah kurahvaa kankamuga RY bahlavanee ekamakun libey faidhaa ah vure bodah Rayyithunnah libey faseyha ashaai kuri erumah.@VaguthuOnline

— Abdul Raheem Abdulla (@Banafsaa) August 14, 2018

ރައީސް ޔާމީން ދެވަނަ ދައުރުގައި އެކަންކަން ފުރިހަމަކޮށްދެއްވާނެކަމަށްވެސް އަދުރޭގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ. އަދުރޭ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަންފާއަށް ކުރައްވާ ކަންކަމުގައި ރައީސް ބައްލަވާނީ އެކަންކަމުން ލިބޭ ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންނަން ލިބޭ ފަސޭހައަށާއި ކުރިއެރުމަށްކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭގެ ޓީމް އިއްޔެ ހަވީރު މަކުނުދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ މަކުނުދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން ފާހަގަކޮށްލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355