twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ނޮޅިވަރަމް ކައުންސިލްގެ ކުރީގެ ރައީސާ މަރިޔަމް ހަބީބާ އެމްޑީޕީއާ ގުޅިއްޖެ

Aug 14, 2018

ހދ.ނޮޅީވަރަމްގައި ޕީޕީއެމްގެ ހަރަކާތުގައި އިސްކޮށް އުޅުއްވި، މަރިޔަމް ހަބީބާ އިދިކޮޅު އެމްޑީޕީއާ ގުޅިއްޖެ އެވެ. މަރިޔަމް ހަބީބާއަކީ އެރަށުގެ ކައުންސިލްގެ ކުރީގެ ރައީސްގެ މަގާމު އަދާކުރެއްވި ކަނބަލެކެވެ.

އޭނާ އެމްޑީޕީއާ ގުޅިފައިމިވަނީ އެރަށުގެ ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކޮށް، އަލުން ވަޒީފާ ދޭނެކަމަށް ރައީސް އޮފީހުން ބުނެ މާލޭ ގެންދިއުމަށްފަހު ވަޒީފާ ނުދީ އެނބުރި ރަށަށް ފޮނުވާލިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެވެ.

މަރިޔަމް ހަބީބާ އެމްޑީޕީއާ ގުޅުމަށްފަހު އިބޫއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން–

މަރިޔަމް ހަބީބާ މިއަދު އެމްޑީޕީއާ ގުޅި ފޯމް ހަވާލުކޮށްފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) މިއަދު އެވެ. މަރިޔަމް ހަބީބާއަކީ އެރަށުގައި ޕީޕީއެމްގެ ފިކުރު ކުރިއަރުވަން އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކެކެވެ.

ޕީޕީއެމް ނޮޅިވަރަމްގެ އިސް ފަރާތްތަކަށް ވަޒީފާ ދޭނެކަމަށް ބުނެ ރައީސް އޮފީހުން “ލަނޑެއް” ދީފި !

ހދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގައި އިބޫ ދެންމެ ވަނީ ނޮޅިވަރަމަށް ވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355