twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއު އެހާ ލަސްވެގެން ދިޔައީ އިދިކޮޅު ފަރާތްތަކާ ހެދި: ރައީސް

Aug 14, 2018

ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތް ލަސްވީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ތ.ބުރުނީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުުގައި ރައީސް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަށް ޗަސްބިން ހިއްކަމުން ދިޔައިރު ވެސް އެކަމާ އެންމެ ދެކޮޅު ހެދީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެއާޕޯޓް އެޅުމުގެ މަސައްކަތް އެހާ ލަސްވެގެން ދިޔައީ އެސަބަބާހުރެކަމަށެވެ

” ކުޅުދުއްފުށީގައި އެއާޕޯޓް އެޅެމުން އެއޮތްދަނީ، އެއާޕޯޓަށް ޗަސްބިން ހިއްކަމުން ދިޔައިރު އެބޭފުޅުންނަކީ އެންމެ ބޮޑަށް އެކަމާ އިހުތިޖާޖް ކުރެއްވި ބޭފުޅުން، އަދި އަޅުގަނޑު ދައުރުގެ ކުރީކޮޅު ކުޅުދުއްފުއްޓަށް ކުރި ޒިޔާރަތެއްގައި އެއާޕޯޓް އެޅުމަކީ ބޭނުންތެރި ކަމެއްކަމަށް ވާހަކަ ދެއްކީމަ އެންމެ ބޮޑަށް އެކަމާ އިދިކޮޅު ހެއްދެވި ބޭފުޅުންނަކީވެސް އެބޭފުޅުން، އެކަމާ ހެދި އެއާޕޯޓް ހެދުމުގެ މަސައްކަތް އެހާ ބޮޑަށް ލަސްވެގެން ދިޔައީ” ރައީސް ވިދާޅުވި އެވެ

ނަމަވެސް ފަހުން ކުޅުދުއްފުށީގެ ރައްޔިތުން އެއާޕޯޓު މުހިއްމު ކަމަށް ގަބޫލް ކުރައްވައިގެން ކައުންސިލްގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން އެކަމަށް އާބަސް ދިނުމުން އެއާޕޯޓްގެ މަސައްކަތް ފެށީކަމަށް ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް ކުޅުދުއްފުށީ އެއާޕޯޓާ ބެހޭގޮތުން ރޭ ދެއްކި ވާހަކަފުޅަށް ރައްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓްގެ ބިން ހިއްކުމުން ތިމާވެއްޓަށް ގެއްލުންވާނެ ކަމަށާއި ފެރީ ނިޒާމަކުން އެކަންކަން ފޫބެއްދޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ވާހަކަ ދެއްކެވިކަމަށާއި އެެހެންނަމަވެސް ބިން ހިއްކާ އެއާޕޯޓުގެ މަސައްކަތް ފެށުމުން އެބޭފުޅުން މިއަދު އެވިދާޅުވަނީ ކުޅުދުއްފުށީގައި އިތުރު އެއާޕޯޓެއް އަޅުއްވާ ދެއްވާ ވާހަކަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

” ކުޅުދުއްފުށި އެއާޕޯޓް އެޅޭނެކަން ޔަގީން ވީމަ، ޗަސްބިން ހިއްކާ އެއާޕޯޓްގެ ޓާމިނަލް އަޅާ ސަރަހައްދު ސާފުކޮށް އަދި އެތަން މޮބިލައިޒްކޮށް މަސައްކަތް ފެށީމަ މިހާރު ކުޅުދުއްފުށީގަ އެއާޕޯޓެއް އަޅާނެ ވާހަކަ އެވިދާޅުވަނީ” ރައީސް ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ މަހު ށ ފުނަދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުން ނިންމާ ރަންވޭ އެޅުމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަކީ ފުނަދޫ އެއާޕޯޓަށްވުރެ ތަރައްގީކުރަން މާ އުނދަގޫ އެއާޕޯޓެއް ކަމަށެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް މަސައްކަތް އުނދަގޫވެގެން ދިޔައީ ޗަސް ބިން ހިއްކާގެން ތަރައްގީކުރާ އެއާޕޯޓަކަށްވާތީ ކަމަށާއި އަދިވެސް މިއުޅެނީ އެ ޗަސް ބިމުގެ ޗަކައިންނާއި ކިސަޑުން ސަލާމަތް ނުވެގެން ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް އިބޫ ބައްލަވައިލައްވައިފި

އެންމެ ފަހުން ކުޅުުދުއްފުއްޓަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި މި އޮގަސްޓުމަހު ކުޅުދުއްފުށީ އެއާޕޯޓްގައި ބޯޓް ޖައްސާނެކަމަށް ވަނީ ވިދާޅުވެފައެވެ. ދައުރުގެ ފުރަތަމަ 2 އަހަރު ކުޅުދުއްފުށީ އެއާޕޯޓް ނިންމާނެ ކަމަށް ރައީސް ވައުދުވެފައިވާއިރު އެއާޕޯޓުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހުއެވެ. އެއާޕޯޓްގެ މަސައްކަތް ލަސްވަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންވެސް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355