twitterviber whatsapp telegramfacebookyoutube instagram
19th February 2026

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

Aug 14, 2018

މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.

އެގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާއި ހަމައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ މ.މުއްޔަށް 65 މިލިމީޓަރުގެ ވާރޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ހާމަކުރަވައެވެ.

ކުރިޔަށްއޮތް 03 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށިގެން ވާކަމަށް އެއިދާރާއިން ހާމަކުރެޔެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖެގެ ދެކުނުގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވެއެެވެ.

ވީމަ، އާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ވަކިން ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން އެދިލައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355