twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޭއެޗްއާރުގެ ނަރުހުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ކްރިޓިކަލް ކެއާރ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި

Aug 14, 2018

“ކްރިޓިކަލް ކެއާރ ފޯރ ނާސަސް” ގެ ނަމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި އެވެ.

ޖުމްލަ 30 ނަރުހުންނާއެކު 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ކިޔަވާދެއްވީ އައިޖީއެމްއެޗް އައިސީޔޫގެ އިންޗާޖު އައިޝަތު ސިފާ އަލީ އަދި އޯޓީގެ އިންޗާޖު ފާތުމަތު މޫސާ އެެވެ. މި ޕްރޮގުރާމުގައި ކިޔަވާދެއްވީ ކްރިޓިކަލް ހާލަތަށްދާ ޕޭޝަންޓުންނަށް މެދު ކަންތައްތައް ކުރާނެގޮތެވެ.

މިތަމްރީން ޕްރޮގުރާމް ނިމުމުގެ ގޮތުން ރޭ ނޮދަން އޮފީސް ކޮމްޕްލެކްސް ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަން ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރު އަދި އެކްޓިންގ ސީއީއޯ ޑރ. މުހަންމަދު ވަހީދެވެ.

މި ޓްރެއިނިން ހިންގުމުގައި އިސްކޮށް އުޅުއްވި ކޭއެޗްއާރުގެ ނާރސިން ޑައިރެކްޓަރ އައިޝަތު ހާމިދު ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޕްރޮފެޝަަނަލް ޑިވެލޮޕްމެންޓަކީ ވަރަށް މުހިއްމު ކަމެއްކަމާއި ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއަކީ ނަރުހުން ކަމަށްވުމާއެކު ބަލި މީހުންނާއި އެކު އެންމެ ގިނަ ވަގުތުވެސް އަދާ ކުރަނީ ނަރުހުންކަމުން ނަރުހުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް އޭގެފައިދާ ބަލިމީހުންނަށް ވެސް ކުރާނެ ކަމަށް އައިޝަތު ވިދާޅުވި އެވެ.

ކޭއެޗްއާރުގެ ނަރުހުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ކްރިޓިކަލް ކެއާރ ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން–

އަދި ކުޅުދުއްފުށީ ހޮސްޕިޓަލަކީ މި ސަރަހައްދުގެ ގިނަ ބަޔަކު ހިދުމަތް ހޯދުމަށް އަންނަ ހޮސްޕިޓަލެއްކަމަށާއި އެހެންކަމުން މި ހޮސްޕިޓަލަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވަވާފައި ވާކަމަށްވެސް އައިޝަތު ވިދާޅުވި އެވެ. މިރަސްމިއްޔާތުގައި އެހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355