twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމަށް އަންގައިފި

Aug 15, 2018

ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ހައިކޯޓުން ކުރިއަށް ގެންދިޔުމަށް، މިމަހު 14 ވަނަ ދުވަހު  ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ކަނޑައަޅުއްވާފައިވަނީ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނެރުއްވާފައިވާ ގަރާރަކުންނެވެ.

ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ވެގެންދާނެއެވެ.

އަދި އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ހަސްމުން ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެންދާނެއެވެ.

އުތުރު ގޮފީގެ ޝަރީއަތްތައް ކުރިއަށް ނުދާތީ އެ ގޮތްޕަށް ނިސްބަތްވާ މައްސަލަތައް ކުރިން ބަލަމުން ގެންދިޔައީ މާލޭގެ ހައި ކޯޓުންނެވެ. އުތުރު ގޮތްޕަށް ނިސްބަތްވާނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ރ. އަތޮޅު އަދި ބ. އަތޮޅުގެ ކޯޓުތަކުން ނިންމާ މައްސަލަތަކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ ހައިކޯޓުގެ އުތުރުގޮފީގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެހިފައިވުމާއެކު، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމްތައް ހައިކޯޓުން ކުރިއަށް ގެންދިޔުމަށެވެ.

އަދި 14 އޮގަސްޓް 2018 ވަނަ ދުވަހު  ސުޕްރީމް ކޯޓުގެ އާއްމު ސިޓީންވަނީ،  އުތުރުގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިޢުނާފުކުރުމަށް، އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހެޅުމުން، އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު ސީދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮތްޕަށް ފޮނުވުމަށް އަންގާފައެވެ.

އުތުރުގެ ހައިކޯޓްގެ ގޮފި ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީގައި ހުންނަ ނޮދަރ ކޮމްޕްލެކްސް އިމާރާތުގެ ފުރަތަމަ ފަންގިފިލާން ބައެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355