twitterviber whatsapp telegramfacebookyoutube instagram
19th February 2026

ހަނިމާދޫ އެއާޕޯޓް ޖެޓީގައި އޮތް ލޯންޗެއް އަޑިއަށްގޮސްގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

Aug 15, 2018

ހަނިމާދޫ އެއާޕޯޓް ޖެޓީ ސަރަހައްދުގައި މިއަދު މެންދުރު 13:51 ހާއިރު އަޅާފަ އޮތް ލޯންޗެއް ދިޔަވެ އަޑިއަށްގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ހަނިމާދޫ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މި ލޯންޗް ޖެޓީ ކައިރިއަށް އަޑިއަށް ގޮސްފައިވަނީ ފަޅުތެރޭގައި އަޅާފައިވަނިކޮށް ކަނޑުގަދަވެ ދިޔަވުމުގެ ސަބަބުންނެވެ. މި ލޯންޗް ފަޅުތެރޭގައި އަޅާފައި އޮތް އިރު ލޯންޗުގައި އެއްވެސް މީހަކު ނެތެވެ.

މި ހާދިސާގައި ޖެޓީ ކައިރިއަށް އަޑިއަށްގޮސްފައިވަނީ ކުޅުދުއްފުށި “ކިރުނަ” ލޯންޗެކެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިން ވަނީ މި ލޯންޗް ފެންމަތިކުރުމުގެ މަސައްކަތްފަށާފައިވާކަމަށް ސިފައިން މައުލޫމާތުދެ އެވެ.

އަޑިއަށް ދިޔަ ލޯންޗު ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ : ފޮޓޯ އެމްއެންޑީއެފް–

މި ލޯންޗް ފެންމަތިކުރެވިފައިވަނީ މިއަދު މެންދުރު 14:30 ހާއިރުއެވެ. މި މަސައްކަތުގައި ހަނިމާދޫ އެއާޕޯޓްގެ އެހީތެރިކަން އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގެ ސިފައިންނަށް ވަނީ ލިބިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355