twitterviber whatsapp telegramfacebookyoutube instagram
4th November 2025

ސްކައި ބީޗް ޗެލެންޖުގައި 26 ޓީމަކުން ބައިވެރި ވެއްޖެ

Aug 16, 2018

ބޮޑު އީދާ ދީމާކޮށް ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތް (ސްކައި) އިން ބޭއްވުމަށް ހަމަޖެހިފައިވާ ސްކައި ބީޗް ޖެލެންޖުގައި 26 ޓީމަކުން ބައިވެރި ވެއްޖެ އެެވެ.

ބައިވެރިވެފައިވާ ޓީމްތައް:

– ހުޅު ކައްޓި

– ޓައިމް އައުޓް

– ސްމޯކީ

– ކޯޕިއަންސް

– ގާޑިޔާ ސްޕޯޓް ކްލަބް

– ތިން ދަނޑި ބިއްލޫރި

– މަގުލަސް ކްލަބް

– ބޭލާ

– ޓީމް އީކުއޭޓާ

– ޖިއާން ސްކޯ

– ޓެޕިއޮކާ

– މިޓް ނައިޓް އޭލިއަންސް

– އުދުހޭ

– ޒިގްޒެގް ޖޫނިއާރ

– ނަލަ ނަލަ ވިކާ ވިކާ

– ބޭލާ ޖޫނިއާރ

– ޓީމް އައިވެލް

– ކަބޯ ރަނި

– ޖޭއެސްއެލް

– ޓީމް ސެވެންޓީން

މިމަހު 18 އިން 23 އަށް ބަންޑާރަ މައިދާނާ ދިމާ ހިއްކި ބިމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ފުރަތަމަ ދުވަހު 6 މެޗު އަދި ދެވަނަ ދުވަހު 4 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 23 އޮގަސްޓް ވާ ބުރާސްފަތި ދުވަހު ރޭ 20:30 ގަ އެވެ.

2016 ވަނަ އަހަރު ބޭއްވި “ސްކައި ބީޗް ޖެލެންޖު” ގެ ބީޗް ފުޓް ބޯޅައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޒިގްޒެގުން 0-7 މިނީ ޒިގްޒެގާއި ވާދަކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355