twitterviber whatsapp telegramfacebookyoutube instagram
15th September 2025

އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ބުނެ ހައްޔަރުކުރި މީހުންގެ އަދަދު ހަތަރަކަށް އަރައިފި

Aug 17, 2018

އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ބުނެ ހައްޔަރުކުރި މީހުންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.

ރައީސް ޔާމީންގެ ވެރިކަން ވައްޓާލައި އިދިކޮޅު އެމްޑީޕީއަށް ވެރިކަން ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން ހައްޔަރުކުރި މީހުންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.

ކޯޓް އަމުރެއްގެ ދަށުން އެމީހުން ދިރިއުޅޭ ގޭތަށް ބަލައި ބައެއް މީހުން ހައްޔަރުކުރީ އިއްޔެ އިރުއޮއްސުނު ފަހުންނެވެ. އިއްޔެ ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާޢީލް އިބްރާހީމާއި ސީނިއަރ އެޑްމިން އޮފިސަރ ޙުސައިން ޢަލީ ހިމެނެ އެވެ.

އަދި އިއްޔެ ވަނީ އިތުރު މީހަކުވެސް ހައްޔަރުކޮށްފަ އެވެ. ހަތަރު ވަނަ މީހާ ހައްޔަރުކޮށްފައިވަނީ މިރޭ ފަތިހު ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްޑީޕީވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް, ކުޅުދުއްފުށީ ކައުންސިލްގެ އިސް ދެ މުވައްޒަފަކު ހައްޔަރުކޮށްފި

މި ހަތަރު މީހުން ހައްޔަރުކުރުމަށް ކޯޓް އަމުރު ނެރެފައިވަނީ ނޮޅިވަރަމް ކޯޓުންނެވެ. ކުޅުދުއްފުށީ ކޯޓަށް މުއްދަތު ޖެހުމަށް މިއަދު ގެނެސްފައިވާއިރު 5-8 ދުވަހުގެ މުއްދަތު ޖެހިކަމަށް މައުލޫމާތު ލިބެ އެވެ.

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = 'https://connect.facebook.net/ja_JP/sdk.js#xfbml=1&version=v3.1'; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));

2018ga MDP verikamah genan sihuru hadhaa kamah bune bandhu kuru 4mehunge therein 2mehunah Kulhudhuffushi magistrate courtun bandhuga bahahtan 5dhuvahuge muhdhathu aneh 2mehunah 8dhuvahuge muhdhathu jahaafi.!!

Řiýąż Ăhmëđさんの投稿 2018年8月17日金曜日

މިމައްސަލައިގައި ފުލުހުން އަދި ބަހެއް ބުނެފައިނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355