twitterviber whatsapp telegramfacebookyoutube instagram
20th April 2024

މައިލޯ އިންޓަރ ސްކޫލު އެތުލެޓިކްސް މުބާރާތުގައި ކުޅުދުއްފުށީ ސްކޫލުތަކުން ރަންވަނަތަކެއް !

Aug 17, 2018

މާލޭގައި ކުރިއަށްދިޔަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ކުޅުދުއްފުށީގެ ސްކޫލުތަކުގެ އެތުލީޓުން ރަންވަނަތަކެއް ހޯދައިފި އެވެ.

ގައުމީ ފެންވަރުގައި ބާއްވާ އެތުލެޓިކްސް މުބާރާތުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެތުލީޓުން ހޯދި ރަންވަނަތައް ފާހަގަކޮށްލެވެ އެވެ. އެގޮތުން މިމުބާރާތުގައި 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދާފައިވަނީ ހދ އޭއީސީގެ ޓީމެވެ. މިއީ މިއަހަރު މިހާތަނަން ބޭއްވި ގައުމީ ތިން މުބާރާތުގައި ޖެހިޖެހިގެން މި އުމުރުފުރާއިން ހދ އޭއީސީ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. އޭއީސީގެ އަހުމަދު އީހަމް ހަމްޒާ ވަނީ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފަ އެވެ. އެ އުމުރުފުރާއިން ދިގު ފުންމުމުން ދެވަނަ އީހަމް ހޯދާފައިވާއިރު 1000 މީޓަރު ދުމުވުންވެސް ރަން މެޑަލް އީހަމް ހޯދާފައިވެ އެވެ.

މައިލޯ އިންޓަރ ސްކޫލު އެތުލެޓިކްސް މުބާރާތް ތެރެއިން، ހދ އޭއީސީގެ ޓީމް–

އެ ސްކޫލުން މިމުބާރާތުގައި ހޯދި އިތުރު ކާމިޔާބީތަކަށް ބަލާލާއިރު ރިފާ މުހައްމަދުވަނީ 15 އަހަރުން ދަށުގެ އުމުރުފުރާއިން ދިގު ފުންމުމުގެ ދެވަނަ ހޯދާފައި އެވެ. އަަދި 200މ ދުވުމުން ދެވަނަ ހޯދިއިރު 100މ ދުވުމުން ތިންވަނަ އޭނާވަނީ ހާސިލްކޮށްފަ އެވެ. 15 އަހަރުން ދަށުގެ ބައިން 3000މ ދުވުމުން ދެވަނަ ސަމްހާ މުހަންމަދު ހޯދިއިރު މުހައްމަދު ހޫދު ތޯހާ ވަނީ 13 އަހަރުން ދަށުގެ ބައިން ޝޮޓްޕުޓް އުކުމުން ތިންވަނަ ކާމިޔާބުކޮށްފަ އެވެ. ފާތިމަތު ހޫނާ 13 އަހަރުން ދަށުގެ ބައިން 100މ ދުވުމުން ތިންވަނަ ހޯދިއިރު މެޑްލޭ ރިލޭއިން އޭނާވަނީ ރަން މެޑަލް ކާމިޔާބުކޮށްފަ އެވެ.

މައިލޯ އިންޓަރ ސްކޫލު އެތުލެޓިކްސް މުބާރާތް ތެރެއިން، ޖޭއެސްގެ ޓީމް އެޑިއުކޭޝަން މިނިސްޓަރާއެކު–

ހދ އޭއީސީގެ ޝައިޙާ ރަޝީދު 13 އަހަރުން ދަށުގެ ބައިގެ ދިގު ފުންމުމުން ތިންވަނަ ހާސިލުކުރިއިރު މެޑްލޭ ރިލޭއިން ވަނީ ރަން މެޑަލް ހޯދާފައި އެވެ. އަދި އޭނާވަނީ 4*100މ ރިލޭއިންވެސް ރަން މެޑަލް ހޯދާފަ އެވެ. ޝޮޓްޕުޓް އުކުމުން ރަން މެޑަލް އީމާ އަލީ ހޯދިއިރު މަލްސާ އާދަމް ވަނީ މެޑްލޭ ރިލޭއިން ރަން މެޑަލް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މަލްސާ ވަނީ 4*100މ ރިލޭއިންވެސް ރަން މެޑަލް ހާސިލުކޮށްފަ އެވެ. އެ ސްކޫލުގެ އައިޝަތު އައިނީ އާމިރު މެޑްލޭ ރިލޭ ރަން މެޑަލް ހޯދިއިރު އޭނާ ވަނީ 4*100މ ދުވުމުންވެސް ރަން މެޑަލް ކާމިޔާބުކޮށްފަ އެވެ.

މިމުބާރާތުގައި ޖަލާލުއްދީން ސްކޫލު ހޯދި ކާމިޔާބީތަކަށް ބަލާއިރު އައިމިނަތު ރާޔާ އަބުދުލްރައްޒާގު ވަނީ 17 އަހަރުން ދަށުގެ އުމުރުފުރާއިން ޝޮޓްޕޮޓް އުކުމުންނާއި ޑިސްކަސް އުކުމުން އަދި ޖެވެލިން އުކުމުން ރަން މެޑަލް ކާމިޔާބުކޮށްފަ އެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އާދަމް ހިލްމީ އަބޫބަކުރު، ޝޮޓްޕުޓް އުކުމުން ރަން މެޑަލް ހޯދިއިރު ޖެވެލިން އުކުމުން އޭނާ ވަނީ ރިހި މެޑަލް ހާސިލުކޮށްފަ އެވެ. ޖޭއެސްގެ އެތުލީޓުން ހޯދި އިތުރު ކާމިޔާބީތަކުގެ ތެެރޭގައި 15 އަހަރުން ދަށުގެ އުމުރުފުރާއިން ހައި ޖަމްޕުން އަޔާން މުހައްމަދު ވަނީ ރަން މެޑަލް ހޯދާފަ އެވެ. އަދި އިހްސާން އަލީ ވަނީ ޝޮޓްޕުޓް އުކުމުން ރިހި މެޑަލް ކާމިޔާބުކޮށްފަ އެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 4*100މ ރިލޭވަނީ ޖޭއެސް ލޯ މެޑަލް ހާސިލުކޮށްފަ އެވެ.

މައިލޯ އިންޓަރ ސްކޫލު އެތުލެޓިކްސް މުބާރާތް ތެރެއިން، ޖޭއެސްގެ ޓީމް —

މިމުބާރާތުގައި ޖަލާލުއްދީން ސްކޫލުގެ 14 އެތުލީޓުން ބައިވެރިވެފައިވާއިރު 11 މެޑަލް ވަނީ ހާސިލުކޮށްފަ އެވެ.

މިމުބާރާތުގައި އަފީފުއްދީންގެ ދަރިވަރުންވެސް ވަނީ ރަންވަނަތަކެއް ހޯދާފަ އެވެ. އެގޮތުން 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 100މ ދުވުމުންނާއި 200މ ދުވުމުން މުހައްމަދު ޝާމް އަހުމަދު ވަނީ ރަން މެޑަލް ހޯދާފަ އެވެ. އަދި އޭނާ ވަނީ 400މ ދުވުމުން ލޯ މެޑަލްވެސް ހާސިލުކޮށްފަ އެވެ.

މައިލޯ އިންޓަރ ސްކޫލު އެތުލެޓިކްސް މުބާރާތުގެ ތެރެއިން އަފީފުއްދީން ސްކޫލުގެ ދަރިވަރުން–

އެ ސްކޫލުގެ އިރުފާން އަބޫބަކުރު ވަނީ 17 އަހަރުން ދަށުގެ އުމުރުފުރާއިން 400މ ދުވުމުން ރިހި މެޑަލް ކާމިޔާބުކޮށްފަ އެވެ. 15 އަހަރުން ދަށުގެ ބައިން 1500މ ދުވުމުން ރިހި މެޑަލް ނިޒާމު އަލީ ހޯދިއިރު އޭނާ ވަނީ 3000މ ދުވުމުންވެސް ރިހި މެޑަލް ކާމިޔާބުކޮށްފަ އެވެ. 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 400މ ދުވުމުން މަރިޔަމް މުހައްމަދު ވަނީ ރިހި މެޑަލް ކާމިޔާބުކޮށްފަ އެވެ.

ގައުމީ ފެންވަރުގައި ބާއްވާ އެތުލެޓިކްސް މުބާރާތްތަކުން ކުޅުދުއްފުށީގެ ސްކޫލުތަކުގެ ދަރިވަރުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ. ގައުމީ ފެންވަރުގެ ގިނަ އެތުލީޓުންތަކެއް ވަނީ ކުޅުދުއްފުށިން އުފެދިފައިވާކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355