twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އިސްމާއީލް އަހްސަން އާއި މުހައްމަދު ހަސަން

Apr 6, 2011

21:00 (06 އޭޕްރީލް 2011)

ކުޅުދުއްފުށީ އޮންލައިން އަށް ކަށަވަރުވެފައިވާ ގޮތުގައި އިއްޔެ ކުޅުދުއްފުށިން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ބޮޑުރުއްދޮށުގެ އިސްމާއީލް އަހްސަން އާއި  ކުޅުދުއްފުށީ ޑޭޒީފެހި މުހައްމަދު ހަސަން އެވެ. އަދި އިއްޔެ ހައްޔަރުކުރި ޕިޔާނާގޭ މުހައްމަދު މޫސާ މިހާރުވަނީ ދޫކޮށްލާފައެވެ.

އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އިސްމާއީލް އަހްސަން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ. އަދި މުހައްމަދު ހަސަން ހައްޔަރުކުރި ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އެވަގުތު އޭނަގެ އަތުގައި ވަޅިއެއް އޮތްކަމަށްވެސް ނަން ހާމަ ކުރަން ނޭދޭ ފަރާތަކުން ކުޅުދުއްފުށި އޮންލައިން އަށް ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާ މުހައްމަދު މޫސާ ދޫކޮށްލި ސަބަބެއްކަމަށް މައުލޫމާތު ލިބިފައިވަނީ އެކަށީގެންވާ ހެކި ފެންނަން ނެތުމުން ކަމަށެވެ.

މިހާރު ފުލުހުންގެ ހައްޔަރުގައި ހުރި ދެމީހުންގެ މައްސަލަ އިތުރަށް ބަލަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

(05 އޭޕްރީލް 2011) 18:00

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުޅުދުއްފުށީގެ ޒުވާނުންތަކެއް މިއަދު ހައްޔަރުކޮށްފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައިގައި މިއަދު 3 ޒުވާނަކު ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. ބިޑިއަޅުވައިގެން ޕޮލިސް ސްޓޭޝަނަށް 3 ޒުވާނަކު ވެއްދިކަން މަންޒަރުދުއް ފަރާތްތަކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މީގެތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލާފައެވެ.

މިކަމާއި ބެހޭ ގޮތުން ފުލުހުންގެ އެއްވެސް ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. އަދި އެމީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ގުޅޭ ކޮން ތުހުމަތެއްގައިކަންވެސް އެފަރާތުން ސާފުވާގޮތް އަދި ވަނީ ނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355