ހދ މަކުނުދޫ ސްކޫލުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އިނާން މުހައްމަދަށް ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ އިނާމު ދިނުމަށް ހުކުރު ދުވަހުގެ ރޭ އެސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އިނާންއަށް އިނާމު ހަވާލުކޮށްދެއްވީ ރަަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މަކުނުދޫ ކައުންސިލްގެ ޑިރެކްޓަރު އަހުމަދު ރާޒީ އެވެ.
އެންމެ މޮޅު ދަރިވަރުގެ މަގާމަށް އިނާން ހޮވުނުއިރު އޭނާ ވަނީ ގައުމީ ގަދަ ދިހައެއްގެ 9 ވަނާގައި ހިމެނިފައި އެވެ. ދެ މާއްދާއިން އޭ ސްޓަރ، ހަތަރު މާއްދާއިން އޭ އަދި ދެ މާއްދާއިން ބީ އޭނާ ހޯދާފައިވެ އެވެ. އިނާން މިހާރު އޭލެވެލް ހަދަމުންދަނީ އަހުމަދިއްޔާ ސްކޫލުގަ އެވެ.
ބެސްޓް އޯލް ރައުންޑް އެވޯޑްގެ އިތުރުން އިނާން ވަނީ ޑިސްޓިންކްޝަން އެވޯޑާއި ޖެނަރަލް ޕްރޮފެޝެންސީ އެވޯޑް، ގައުމީ ފެންވަރުގެ އެވޯޑް ފަދަ އެވޯޑްތައް ހާސިލްކޮށްފަ އެވެ.
މަކުނުދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އިނާން މުހައްމަދު–
މިރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިނާމުތައް އެ ސްކޫލުގެ 11 ދަރިވަރަކު ވަނީ ހޯދާފަ އެވެ.