އިދިކޮޅު ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް އާއި އެމަނިކުފާނުގެ ރަންނިންގ މޭޓް ފައިސަލް ނަސީމްއަށް ތާއިދު ހޯދުމުގެ ގޮތުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހަރަކާތްތައް އިތުރުކޮށް ވަރުގަދަ ކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ހަރަކާތްތަކުގައި ކުޅުދުއްފުށީގައި އިސްކޮށް އުޅުއްވައި އަހުމަދު އާތިފް މިއަދު ކޭއޯއަށް ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓަށް ތާއިދު ހޯދުމަށް ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހަރަކާތްތައް ފޯރިގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ.
އެގޮތުން އިއްޔެ ޕޯސްޓަރު ތައްކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންދިޔަ ކަމަށް އާތިފް ވިދާޅުވި އެެެވެ. އަދި އެ ހަރަކާތްތަކުގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންނާއި އެ އެ ބޭފުޅުންނަން ތާއިދުކުރައްވާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވިކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ކެނޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ގޮތުން އިއްޔެ ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ހަރަކާތް–
އާތިފް ވިދާޅުވީގޮތުގައި ކުރިއަށް އޮތަނުގައި ބެނާ ހަރުކުރުމާއި ޖަގަހަ ޖަލްސާތަކާއި ވެލިކަލް ބުރުތައް ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އިތުރު ހަރަކާތްތައްވެސް ރޭވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.