ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް މިހަފްތާތެރޭ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ސީދާ ދުވަހެއް އަދި ޔަގީންވެފައިނުވިނަމަވެސް މިމަހު 22 ނުވަތަ 23 ގައި އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފައި ހުރި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރައްވާނެ އެވެ. އެގޮތުން މަގު ހެދުން މަޝްރޫއު ހިމެނެވެ.
ރައީސް ވަޑައިގަންނަވާތީ ކުޅުދުއްފުށީގައި ނުނިމި ހުރި ބައެއް މަޝްރޫއުތައް ނިމުން އަވަސްކުރުމުންގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް އެބަގެންދެ އެވެ.
މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނު ކުޅުދުއްފުއްޓަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.