twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންތިހާބާ ދިމާކޮށް ކުޅުދުއްފުށީގައި އިމާރާތްކޮށްފައިހުރި ރޯހައުސްތައް ހަވާލުކޮށްފި

Aug 20, 2018

ކުރިން ހީކުރެވިފައިވާ ގޮތަށް ރިޔާސީ އިންތިހާބާ ދިމާކޮށް ކުޅުދުއްފުށީ ރޯހައުސްތައް ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ ރޯހައުސްތައް ހަވާލުކުރުމުގެ ކަންތައްތައް ކުރިއަށްގެންދިޔައީ ހައުސިންގ މިނިސްޓްރީން ކަމަށެވެ. ރޯހައުސްތަކުގެ ތަޅުދަނޑި ހަވާލުކޮށްފައިވަނީ ހައުސިންގ މިނިސްޓްރީގެ ބޭފުޅުން އިއްޔެ ހަސަނާތު މިސްކިތް ކައީރީގައި ކައުންޓަރެއް ބަހައްޓައިގެންނެވެ.

އެގޮތުން ޖަލާލުއްދީން ސްކޫލް ކައިރީގައި ހުރި 18 ރޯހައުސް އާއި ހަސަނާތު މިސްކިތް ކައިރީގައި ހުރި 40 ރޯހައުސްގެ ތަޅުދަނޑި ވަނީ ހަވާލުކޮށްފަ އެވެ.

ހައުސިންގ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އަބުދުލްލަތީފް ވިދާޅުވީގޮތުގައި އެއްބަސްވުމުގެ ކަންތައްތައް ކުރިއަށްގެންދާނީ އީދު ޗުއްޓީއަށްފަހު ކަމަށެވެ. އެސަރަހައްދު ސާފުކުރުމާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް ގުޅުމުގެ ކަންތައްތައް އީދު ބަންދަށްފަހު މިނިސްޓްރީ ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރޯހައުސްތަކުގެ ތެރެއަށް ލިބިފައިހުރި ގެއްލުންތައް މަރާމާތުކުރުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ހައުސިންގ މިނިސްޓްރީގެ އޮފިޝަލާ ހަވާލާދީ އަބުދުލް ލަތީފް ވިދާޅުވި އެވެ.

ރޯހައުސްތައް އިމާރާތްކޮށް ނިމިފައިވާތާ އަހަރުތަކެއްވެފައިވީނަމަވެސް އެތަންތަން އޭގެ ހައްގުވެރިންނާ ހަވާލުކޮށްފައިނުވާތީ އާއި މިނިސްޓްރީ އެތަންތަން ބަލަހައްޓަމުން ނުދާތީ ރޯހައުސްތައް ވަނީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފަ އެވެ.

ކުޅުދުއްފުށީ ރައްޔިތުންނަށް ރައީސް ދެއްވި ގެދޮރުވެރިކަމުގެ ހަދިޔާ: ފަސް އަހަރުން ރޯހައުސްތައް ވީރާނާކޮށްލުން !

މިނިސްޓްރީން ރޯހައުސްތައް ހަވާލުކޮށްފައިމިވަނީ މިމައްސަލާގައި ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަކަން ފާހަގަކޮށްލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355