ކުޅުދުއްފުށީގެ އީދު ކުޅިވަރުތަކުގެ ތެރެއިން މަޝްހޫރުކަން ހޯދާފައިވާ “މަށިމާލި ފެރޭޑް” މިއަހަރުވެސް އޮންނާނެ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފި އެވެ.
މަށި މާލި ޕެރޭޑަކީ އެންމެ ފުރަތަމަ ކުޅުދުއްފުށީގެ މަށިކުޅިން މަށިލައިގެން މާލިތަކެއް ނުކުމެ ރަށުތެރޭގައި ހިނގުން ކަމުގައި ވިޔަސް، މިހާރު މަށިމާލި ޕެރޭޑަކީ އެތައްކަމެއް އޭގެ ތެރޭގައި ހިމެނޭ އަދި އެތައް ބައިވަރު ވައްތަރުގެ މާލިތަކުގެ އިތުރުން މެސެޖުތަކެއް ގެނެސްދޭ ކުޅިވަރެކެވެ. ކުޅުދުއްފުށީގެ ގޮތަށް ބުނަނީނަމަ، އޭރެއްގައި އެންމެ “ޓްރެންޑިން” ކަންކަމަށް ހަޖޫ ޖަހާލުމެކެވެ.
ސިޔާސީ ޖޯކްތަކާއެކު ފޯރިގަދަ މަށިމާލި ޕެރޭޑް ސަމާލުކަން ހޯދައިފި
މަށިމާލި ޕެރޭޑް މިއަހަރުވެސް އޮންނަނީ ދެވަނަ އީދު ދުވަހު ހަވީރު އެވެ. އެކުޅިވަރުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ފަރާތްތަކަށްވެސް ބައިވެރިވޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ.
މަށި މާލި ޕެރޭޑް: މިއަހަރުވެސް ތަފާތު މެސެޖުތަކާއެކު ވަރަށް ފުރިހަމަ
ފަހަކަށް އައިސް މަށިމާލި ޕެރޭޑް ސިޔާސީވެފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުންފާޅުކޮށްފައިވީނަމަވެސް މިދިޔަ އަހަރުގެ މަށިމާލި ޕެރޭޑްވެސް ކޮންމެއަކަސް ސިޔާސީ ގިނަ ޖޯކްތަކާއެކުގިނަ ބަޔަކު ސަމާލުކަން ހޯދި މަގުބޫލު ޕެރޭޑެކަށެވެ