twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރައީސަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީ ބަނދަރުގައި ދިދަ ހޮޅިދަނޑި ޖަހަމުންދަނީ ގަވައިދާ ހިލާފަށް !

Aug 21, 2018

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމަނިކުފާނަން މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދުގައި ދިދަ ދަނޑި ޖަހަމުންދަނީ ކައުންސިލުން ހަދާފައިވާ ގަވައިދާ ހިލާފަކަމަށް ވާތީ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުންފާޅުކޮށްފި އެވެ.

ރޭގަ ބަނދަރު ސަރަހައްދުގައި ދިދަ ދަނޑި ޖަހަމުންދަނީ ޕޭވްމަންޓްގެ ގައުތައް ނަގައި ކަނޑައިގެންނެވެ. މި ދިދަ ހޮޅިދަނޑިތަކުގައި ހުރީ ގައުމީ ކުލަތަކުގެ ފޮތި ހަރުކޮށްފަ އެވެ. މި މަސައްކަތް ކުރުވަނީ ސަރަހައްދީ ބަނދަރުގެ މުވައްޒަފުން ލައްވައި އެވެ.

މިއަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވަމުން ކުޅުދުއްފުށީ ކައުންސިލުންގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ރައްޔިތުންގެ ޝަކުވާ މިކަމުގައި ވަރަށް ބޮޑު ކަމަށެވެ. ގަވައިދާ ހިލާފުކަމަށްވާތީ އެކަން ހުއްޓުވުމަށް ފުލުހުންގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް އެކަން ނުހުއްޓުވޭނެކަމަށް ފުލުހުން ބުނެފައިވާކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

ސަރަހައްދީ ބަނދަރު މުވައްޒަފުން ލައްވައި ބަނދަރުގައި ދިދަ ހޮޅިދަނޑި ޖަހަނީ–

އޭނާ ވިދާޅުވީ ނުހުއްޓުވޭނެކަމަށް ފުލުހުން ބުނުމުން ބާރުގެ ބޭނުންކޮށްގެން ވިޔަސް އެކަން ހުއްޓުވައިދިނުމަށް ފުލުހުންގެ ކިބައިގެން ތަކުރާރުކޮށް އެދުނު ނަމަވެސް އެކަން ފުލުހުން ހުއްޓުވާ ދީފައިނުވާކަމަށެވެ.

އަބުދުލް ލަތީފް ވިދާޅުވީ އެކަމުގެ ސަބަބުން ރަށުގެ ސުލްހަ މަސަލަސްކަން ގެއްލިދާނެ ކަމަށާއި އެމްޑީޕީ އާއި ދިކޮޅު ފަރާތްތަކުންވެސް އެގޮތަށް ދިދަ ޖެހުމަށް އެދުނުކަމަށާއި ނަމަވެސް އެއީ ގަވައިދާ ހިލާފު ކަމެއްކަން އެންގުމުން އެފަރާތްތަކުން އެންގުމަށް ތަބާވިކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ވަޑައިގަންނަވާތީ ބަނދަރުގައި ހޮޅިދަނޑި ޖަހަމުންދަނީ ގަވައިދާ ހިލާފަށް–

ބަނދަރުގެ ޕޭވްމަންޓަށް ވެހިކަލެއް އަރުވާފިނަމަ އެ ރައްޔިތަކުން ފުލުހުން ޖޫރިމަނާކުރާއިރު މިފަދަ ކަންކަން ކައުންސިލުން އެދުމުންވެސް ފުލުހުން ނުހުއްޓުވުމުން ހިތާމަކުރާކަމަށް އޭނާ ވިދާޅުވި އެވެ. މިމައްސަލާގައި ފުލުހުން އަމަލުކުރި ގޮތުން ރައްޔިތުންގެ މެދުގައި ފުލުހުންގެ މުވައްސަސާއާ މެދު އޮންނަ އިތުބާރާ ޔަގީންކަން ގެއްލިގެންދާނެކަންވެސް އަބުދުލް ލަތީފް ފާހަގަކުރެއްވި އެވެ.

މިކަން ހުއްޓުވުމަށް ފުލުހުން ނުކުޅެދުމުން ގިނަ ރައްޔިތުންތަކެއްގެ ފާޑުކިޔުން ފުލުހުންނަން ވަނީ އަމާޒުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355