twitterviber whatsapp telegramfacebookyoutube instagram
27th July 2025

ކުންފުނިތަކުގެ މުވައްޒަފުން ނެރެ, ކެމްޕެއިން ޓީޝާޓު ލައްވައިގެން ދިދަ ޖަހުވަނީ !

Aug 21, 2018

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމަނިކުފާނަން މަރުހަބާ ދެންނެވުމަށް ދިދަ ދެމުމަށް ކުންފުނިތަކުގެ މުވައްޒަފުން ނެރެން ފަށައިފި އެވެ.

ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ޕޭމްވްމަންޓް ގައު ނައްޓައިގެން ގަވައިދާ ހިލާފަށް ރޭ ވަނީ ދިދަ ދަނޑި ޖަހުވާފަ އެވެ. އެމަސައްކަތް ކުރުވާފައިވަނީ ކުޅުދުއްފުށީ އެމްޕީއެލްގެ މުވައްޒަފުން ލައްވައި އެވެ.

ރައީސް ވަޑައިގަންނަވާތީ ކުންފުނިތަކުގެ މުވައްޒަފުން ކެމްޕެއިން ޓީޝާޓް ލައްވައިގެން ދިދަ ޖަހުވަނީ–ފޮޓޯ: ރިޔާޒް

އަނެއްކާވެސް މިއަދު ވަނީ ސަރުކާރު ބައެއް ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމަށް ދިދަ ދަނޑި ޖެހުމާއި އެހެނިހެން މަސައްކަތް ކުރުމުގައި ނެރެފަ އެވެ. މިއަދު އެމަސައްކަތުގައި އުޅުނު މުވައްޒަފުން ލައްވާފައިވަނީ ރައީސް ޔާމީންގެ ކެމްޕެއިން ޓީޝާޓެވެ. އޭގެ ތެރޭގައި އެމްޑަބުލިއުއެސްސީ އާއީ އެސްޓީއޯގެ މުވައްޒަފުން ހަރަކާތްތެރިވެފަވެ އެވެ.

ރައީސް ވަޑައިގަންނަވާތީ ކުންފުނިތަކުގެ މުވައްޒަފުން ކެމްޕެއިން ޓީޝާޓް ލައްވައިގެން ދިދަ ޖަހުވަނީ–ފޮޓޯ: ރިޔާޒް

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ރަށުތެރެ ޒީނަތްތެރިކުރުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނެރެ އެވެ.

ރައީސް ވަޑައިގަންނަވާތީ ކުންފުނިތަކުގެ މުވައްޒަފުން ކެމްޕެއިން ޓީޝާޓް ލައްވައިގެން ދިދަ ޖަހުވަނީ–ފޮޓޯ: ރިޔާޒު

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355