twitterviber whatsapp telegramfacebookyoutube instagram
25th April 2024

”މުސްލިމް ކިޑްސް ޓީވީ“ ރާއްޖޭގައި އުރީދޫ އިން ތައާރަފްކޮށް

Aug 22, 2018

އަޟްހާ އީދުގެ އުފަލުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމީ ރިވެތި އުސޫލުތައް އުނގަނައިދޭ ކުޑަކުދިންނަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އުރީދޫއިން ތާރަފްކޮށްފި އެވެ

ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދާ ”މުސްލިމް ކިޑްސް ޓީވީ“ އަކީ ކުޑަކުދިންނަށް ހާއްސަ އިސްލާމީ ކޮންޓެންޓް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ.

މުސްލިމް ކިޑްސް ޓީވީ މެދުވެރިކޮށް ކުޑަކުދިންނާއި ގުޅޭ އިންޓަރެކްޓިވް ތަޖުރިބާތަކެއް ކުރެވިގެންދެއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ހިދުމަތްތަކަކީ:

· ކީރިތި ޤުރުއާން ކިޔަވައި ހިތުދަސްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ޤުރުއާން ރިސައިޓޭޝަން ބަޑީ

· އެތަށް ސަތޭކަ އިސްލާމީ ވީޑިއޯ ތަކާއި އެނިމޭޝަންތައް

· ކުޑަކުދިންގެ ހުނަރުތައް ހަރުދަނާކޮށްދޭ މަޖާ ގޭމްތައް

· ކުދިންގެ ތަފާތު އަމިއްލަ އުފެއްދުންތައް، އެކި ޤައުމުތަކުގެ ކުދިންނާއި ހިއްސާ ކޮށްލެވޭ ކްރިއޭޓް އެންޑް ޝެއާ ޕްލެޓްފޯމް

· ކުލަޖައްސާ ޕޭޖުތައް އެކްޓިވިޓީ ފޮތްތައް އަދި ގޭތެރޭގައި ހަރުކުރެވޭ ޕޯސްޓަރު ފަދަ ޕްރިންޓް ކުރެވޭ ރިސޯސްތަކާއި، ވަރކްޝީޓް.

މި ޕްލެޓްފޯމު މެދުވެރިކޮށް އިސްލާމީ ތައުލީމު ހޯދުމުގައި ކުޑަކުދިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ އެތައް ހާސް ޑިޖިޓަލް ރިސޯސްތަކެއް ބެލެނިވެރިންނަށާއި ޓީޗަރުންނަށް ލިބިގެންދެއެވެ.

މުސްލިމް ކިޑްސް ޓީވީ ބޭނުންކުރެެއްވުމަށް ތިން ޕެކޭޖެއް ކަނޑައެޅިފައިވާއިރު ބޭނުންވާ ކީވާޑް ޖެއްސެވުމަށްފަހު 5858 އަށް އެސްއެމްއެސް ކުރެއްވުމުން ފަސޭހަމާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް މި ޕްލެޓްފޯމްގެ ހިދުމަތް ހޯއްދެވޭނެއެވެ.

www.muslimkidstv.com މެދުވެރިކޮށް ނުވަތަ އެޕް ސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ޑައުންލޯޑް ކުރެވޭ މުސްލިމް ކިޑްސް ޓީވީ އެޕް މެދުވެރިކޮށް މި ޕްލެޓްފޯމް ފަސޭހަކަމާއި އެކު ބޭނުން ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355