twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ކުޅުދުއްފުއްޓަށް ރައީސް ވަޑައިގަތުން މިރެއަށް ފަސްކުރައްވައިފި

Aug 22, 2018

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ކުޅުދުއްފުއްޓަށް ވަޑައިގަތުން މިރެއަށް ލަސްކުރައްވައިފި އެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ. އަޑުގަދަ ކުރާއިން މެންދުރު 11 ޖަހަންދެންވެސް ގޮވީ އެހެންނެވެ.

ނަމަވެސް ކުއްލިގޮތަށް އެމަނިކުފާނުގެ ދަތުރުފުޅު ލަސްކުރެއްވީ ކީއްވެކަން ޔަގީނެއް ނުވި އެވެ. ނަމަވެސް ޕީޕީއެމްގެ އިސް ފަރާތެއް ބުނީ މިއަދު ހަވީރު ކުޅުދުއްފުށީގައި މަށިމަލީ ޕެރޭޑް އޮންނާތީ ދަތުރުފުޅު މިރެއަށް ބަދަލުކުރެއްވީ ކަމަށެވެ.

އެނގިފައިވާގޮތުގައި ރައީސް ވަޑައިގަންނަވާނީ މިރޭ 8:30 ހާއިރު އެވެ. ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ މަގުހެދުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމަށެވެ.

ފަހަކަށް އައިސް މަށިމާލި ޕެރޭޑް ސިޔާސީވެފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުންފާޅުކޮށްފައިވީނަމަވެސް މިދިޔަ އަހަރުގެ މަށިމާލި ޕެރޭޑްވެސް ކޮންމެއަކަސް ސިޔާސީ ގިނަ ޖޯކްތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355