twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޮޅިވަރަންފަރަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ދާދި އަތްފޯރާފަށުގައި އެބަހުރި: ރައީސް

Aug 22, 2018

ނޮޅިވަރަންފަރުގެ ރައްޔިތުންނަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް އަތްފޯރާ ފަށުގައި އެބަހުރިކަމަށް ވިދާޅުވެ އެރަށުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ނޮޅިވަރަންފަރުގައި ގާއިމުކޮށްދެއްވި ބަނދަރު ހުޅުވައިދެއްވުމަށްފަހު މިއަދު މެންދުރުފަހު އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ ނޮޅިވަރަންފަރުގެ ދެހާހާ ގާތްކުރާ އާބާދީއަކަށް ބޭނުންވާ ކަންތައްތައް ދާދި އަތްފޯރާފަށުގައި އެބަހުރި ކަމަށެވެ.

އެގޮތުން ރައީސް ފާހަގަކުރެއްވި އެއް މަޝްހޫރުއަކީ ފެނުގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއު އެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓްގެ ކުރިންވެސް ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެރަށުގައި ފަށައިގަނެވިދާނެ ކަމަށެވެ.

“މިނިސްޓަރ ތޯރިގް އަޅުގަނޑަށް ކަށަަވަރުކޮށްދެއްވި ފެނުގެ ނިޒާމަށް ބޭނުންވާ ހުރިހާކަމެއް އެހުރީ ނިމިފަކަން. ފައިސާވެސް ހަމަޖެހިފަ. ޓެންޑަރވެސް އެއްފަހަރު ކުރެވިފައިވާ ކަމަށާއި ނަމަވެސް އެވޯޑްކުރުމުގައި ދިމާވި މައްސަލައަކާ ހެދި ހިފެހެއްޓިފައިވަނީ.” ރައީސް ވިދާޅުވި އެވެ.

ނޮޅިވަރަންފަރުގައި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު ކުރިއަށްދާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ނަރުދަމާ އާއި ފެނުގެ ހިދުމަތް ގާއިމުކުރެވިގެން ދިއުމުން އެފަދަ ރަށްށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވެގެންދާނެ ކަމަށެވެ.

އެރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ރައްޔިތުން ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭޓީއެމްގެ ފަސޭހަކަންވެސް ބޭނުންވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 1500 އަށްވުރެ ބޮޑެތި އާބާދީތަކުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި ނަމަވެސް އެކަންތައްތައް ފުރިހަމަވެގެންދާނީ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވިވަޑައިގެންނެވުންމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ނޮޅިވަރަންފަރަށާއި ކުޅުދުއްފުއްޓަށް މިއަދު ކުރައްވާ ދަތުރުފުޅުގައި މިރޭ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުއްޓަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355