twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެންމެ ގިނަ ބަނދަރުގެ މަޝްރޫއު ހިންގާފައިވަނީ މިސަރުކާރުން: މުއިއްޒު

Aug 22, 2018

ރައީސް ޔާމީންގެ ސަރުކާރުން 70 ރަށެއްގެ ބަނދަރުގެ މަޝްރޫއު ހިންގާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަންފަރުގެ ބަނދަރު ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިސަރުކާރުން 70 ރަށެއްގައި ބަނދަރު ގާއިމުކުރުމުގެ މަޝްރޫއު ހިންގާފައިވާ ކަމަށާއި އަދި ރަށްރަށުގެ ފަޅު ފުންކުރުމާއި ބަނދަރު ބޮޑު ކުރުމާއެކޮށް ސަރުކާރުން މިހާތަނަން 108 ރަށެއްގައި މަސައްކަތް ކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ 23 ނުވަތަ 24 ރަށެެއްގެ ބަނދަރުގެ މަސައްކަތްކަމަށެވެ.

ލަފާފުރުމަށް ފާލަމެއް ބޭނުންކުރަމުންއައި ނޮޅިވަރަންފަރުގައި އަލަށް ތަރައްޤިކުރި ބަނދަރަކީ 750 ފޫޓު ދިގު، 250 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރުގައި 350 މީޓަރުގެ ބޭރު ތޮށި ލާފައިވާއިރު، 83 މީޓަރުގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ. ނޮޅިވަރަންފަރު ބަނދަރަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. އެގޮތުން މިބަދަރުގައި ލައިޓްޖެހުމާއި ޕޭވްމަންޓާއި އަދި މަސްކެނޑުމަށް ޚާއްސަ ތަނެއްވެސްވަނީ ހަދާފައެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނަން އިތުރު ދައުރަކަށް ހޮވުމަށްޓަކައި ރައްޔިތުން އަތުކުރި އޮޅާލައިގެން އަންނަ ސެޕްޓެމްބަރު މަހުގެ 23 ދުވަހު ގޮތް ނިންމަންވާނީ ގައުމަށް ވަމުންދާ ކަންތަކާ ދޭތެރޭ ވިސްނުމަށްފަހުގައި ކަމަށެވެ. އަދި ރައީސް ޔާމީނަން އިތުރު ދައުރެއް ދެއްވައިފިނަމަ އިތުރު ކަންތައްތަކެއް އެމަނިކުފާނު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355