twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސިޔާސީ ޖޯކުތަކާއެކު މިއަހަރުވެސް މަށިމާލި ވައިގަ ހިފާލައިފި

Aug 22, 2018

ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑްގައި މިއަހަރުވެސް ގިނަ ސިޔާސީ ޖޯކުތަކާއެކު ވައިގައި ހިފާލައިފި އެވެ. މަށިމާލީގައި މިއަހަރުވެސް ސިޔާސީ ގޮތުން އެންމެ ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކަށް ހަޖޫ ޖަހާލައިފައިވެ އެވެ.

މިއަހަރު ފެނުނު މާލިތަކުގެ ތެރޭގައި އެންމެ ފާހަގަކުރެވެނީ “ބުރިޖުމަތީ ކައިވެންޏާއި” ، “ބެޔަސް ނުބެޔަސް”، ފަދަ ތަފާތު އެތަށް ސަތޭކަ ކެރެކްޓާތަކެއް ފެނިގެންގޮސްފައިވެ އެވެ.

ކުޅުދުއްފުށީގައި ސްކޫލު ބަހުގެ ހިދުމަތް ދޭނެކަމަށް ބުނެ އެކި ތާރީޙްތައް ސަރުކާރު ދީފައިވާއިރު އެކަމަށް ހަޖޫ ޖަހާ “ސްކޫލުގެ ބަސް” ފުޅަނދެއްވެސް އުޅުނެވެ. އަދި ބައެއް ރަށުގައި ހިދުމަތްތައް ގާއިމުކުރައްވާނެކަމަށް ބުނެ އެމަސައްކަތް ފެށިފައިނުވާތީ އެކަމަށް ހާއްސަ ފުޅަނދެއްވެސް އުޅުނުނެވެ. އެއީ “ކިނބުލަށް ނުފެނުނު ނަރުދަމާ ނިޒާމެވެ”.

ދާދީ ފަހުން ރައީސް ޔާމީން ރަށްރަށް ވަޑައިގަންނަވާއިރު ސެކިއުރީޓީ ވަރުގަދަކޮށްފައި ހުންނާތީ އެކަންވެސް ވަނީ މަށިމާލި ޕެރޭޑްގައި މަޖާގޮތަކަށް ދައްކާލަދީފަ އެވެ. ސިޔާސީ ލީޑަރުން ޖަލަށްލާފައިވާތީ “ބޮވުނު ބޮނޑި” ފުޅަނދުން އެކަމަށްވެސް ހަޖޫ ޖަހާލާފައިވެ އެވެ.

މިހެންގޮސް ސިޔާސީގޮތުން އެކި ކަންކަމަށް ހަޖޫ ކިޔާފައި ފުޅަނދުތަކާއި މާލިތައް ހުރިއިރު މައްޓާއި ކަޅުތެޔޮ އަދި ތަަފާތު ވައްތަރު ގިނަ މާލިތަކެއް މިއަހަރުވެސް ފެނިގެންގޮސްފައިވެ އެވެ. އެތަށް ސަތޭކަ މާލިތަކެއް ފެނިގެންދިޔައި މިއަހަރުގެ މަށިމާލި ޕެރޭޑްވެސް ވަނީ ސޯޝަލް މީޑިއާގައި ވައިގަ ހިފާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355