twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ރައީސް ޔާމީނަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ދަންނަވައިފި

Aug 22, 2018

ކުޅުދުއްފުއްޓަށް މިރޭ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މަގު ހެދުމުގެ މަޝްރޫއު އާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްހޫރު ރަސްމީކޮށް ހުޅުވައިދެއްވުމަށް އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަތީ މިރޭ ގާތްގަނޑަށް 20:30 ހާއިރު އެވެ. އޭރު އެމަނިކުފާނަން މަރުހަބާ ދެންނެވުމަށް ދެޖިންސުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ތިއްބެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތް ވަގުތަކީ ކޮންމެވެސް ވަރަށްކަށް ވާރޭ ވެހެމުން ދިޔަ ވަގުތެއް ނަމަވެސް ދެ ޖިންސްގެ ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދުގައި އެމަނިކުފާނުގެ އިސްތިގުބާލުގައި ތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355