twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ދެވަނަ ދައުރަކަށް ފުރުސަތު ލިބިއްޖެނަމަ ނުކުޅެދޭ ފަރާތްތަކަށް 5000ރ ގެ އާމްދަނީއެއް ދޭނަން: ރައީސް

Aug 23, 2018

ސެޕްޓެމްބަރު 23 ގައި ނަގައި ވޯޓުން އެމަނިކުފާނަން ކާމިޔާބުވެ ދެވަނަ ދައުރަކަށް އިންތިހާބު ވެއްޖެނަމަ ނުކުޅެދޭ ކޮންމެ ކުއްޖަކަށް މަހަކު 5000ރ ގެ އާމްދަނީއެއް ސަރުކާރުން ހަމަޖައްސައިދޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ސަރުކާރުން ހިންގި ދެ މަޝްރޫއުއެއްގެ ނިމުން ފާހަގަކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އުތުރުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ގިނަ އަދަދެއްގެ ކުދިން އުޅެމުންދާ ކަމަށާއި މިސަރުކާރުން އެކުދިންނަށް ފައިސާ ލިބުމުގައި އާއި މުޖުތަމައުގައި އުޅޭ އެހެން މީހުންނެކޭ އެއްގޮތަށް އުޅުމުގައި ދާދި އެއް ފެންވަރަކަށް ގެނެސްދީފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ގިނަ ކުދިންނަކީ މިއަދު ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ކުދިންކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގާބިލުނަމުގައި ޕްރޮގުރާމެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ އެކުދިންނަން ވަޒީފާ ހަމަޖެހެންދެން ބޭންކުން ލޯނު ހޯދުމުގައި އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.

“ގާބިލުގެ ނަމުން ހިންގާ ޕްރޮގުރާމެއް ހިންގަން ބޭނުންވާ ހުރިހާ މަސައްކަތެއް ކޮށް ނިންމާފަ އެހެރީ. އެއީ މައިކްރޯ ކުރެޑިޓް ސްކީމެއް، މި ސްކީމްގެ ދަށުން ވަޒީފާ ހަމަޖެހެންދެން ކުއްޖާއަށް ބޭންކު ލޯނު ހޯދުމާއި މިކަހަލަ ކަންކަމުގައި ސަރުކާރުން އެހީވާނެ. ހަމަ ސަރުކާރުން އެހީވެގެން އެކުއްޖާއަށް ލޯނު ނެގުމަށް ފަހިކޮށްދޭނަން.” ކުޅުދުއްފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355