twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގުޅިފައިވާ ޕާޓީތަކުގެ ސައިކަލު ބުރަށް ކުޅުދުއްފުށިން ބޮޑު ތަރުހީބެއް، އާ ހިތްވަރެއް ލިބިއްޖެ: އާތިފް

Aug 25, 2018

ކުޅުދުއްފުށީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ކުޅުދުއްފުށީގެ އެމްޑީޕީ ކެމްޕެއިން މެނޭޖަރު އަހުމަދު އާތިފް ވިދާޅުވީ ވާމްއަޕް ސައިކަލު ބުރަތަކަށް ވާތީ އެހާ ގިނަ ބަޔަކު ބައިވެރިވާނެކަމަކަށް ހިޔެއް ނުކުރަން ކަމަށާއި ނަމަވެސް އުންމީދު ކުރި ވަރަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވީމަ އިތުރު ހިތްވަރެއް ލިބިގެންގޮސްފި ކަމަށް އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އަދި ސައިކަލު ބުރެ ކަމަށާއި ކުރިއަށް ވެހިކަލު ބުރުތައް ރޭވިފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބަނޑާރަމައިދާނުގައި ކުޑަކުދިންގެ ހަވީރެއް އޮންނާނެ ކަމަށެވެ. ކުޑަކުދިންގެ ހަވީރު އެއްވެސް ވަރަކަށް ސިޔާސީއެއް ނުވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

އިއްޔެ ކުރިއަށްގެންދިޔަ ސައިކަލު ބުރަށް އަލިއަޅުވާލައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގެ އުޅޭ ފަރާތްތަކުން ބިރު ދައްކާފައިވާ މިދަނޑިވަރުގައިވެސް ގިނަ ރައްޔިތުންތަކެއް ސައިކަލު ބުރުގައި ބައިވެރިވީމަ ޝުކުރުއަދާކުރާ ކަމަށާއި ރައްޔިތުންގެ ފަރާތުން އިއްޔެ ދައްކާލި ތާއިދުގެ ސަބަބުން އިވެންޓްތައް އިންތިޒާމުކުރާ ފަރާތްތަކަށް އާ ހިތްވަރެއް ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ އެހެން ރަށްރަށުގައިވެސް ކެމްޕެއިން ކަންތައްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އާތިފް ވިދާޅުވި އެވެ. އެގޮތުން އަތޮޅުގެ އެހެން ރަށްރަށުގެ ހަރަކާތްތައް ވަރަށް އަވަހަށް ފަށާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އިއްޔެ ބޭއްވި ސައިކަލު ބުރުގައި 190 އެއްހާ ސައިކަލު ބައިވެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355