twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޓިވެޓާއި ބީޓެކް މެދުވެރިކޮށް މިހާތަނަށް ސާދަހާހަށްވުރެ ގިނަ ދަރިވަރުން ތަމްރީނު ކުރެވިއްޖެ: އެޑިއުކޭޝަން މިނިސްޓަރ

Aug 26, 2018

ޓިވެޓާއި ބީޓެކް މެދުވެރިކޮށް މިހާތަނަށް ސާދަހާހަށްވުރެ ގިނަ ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ތަމްރީން ދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިސަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ބެލުމަށް ސަރުކާރުން ކުރި މަސައްކަތުން އެންމެ ބޮޑަށް ފާހަގަކުރެވުނު މައްސަލައަކީ، ބައެއް ދަރިވަރުންނަށް ސްކޫލު ދައުރު ނިމޭއިރު އަމަލީ މައިދާނުގައި ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ތަމްރީން ލިބިފައިނެތުމާއި، އެކުދިންގެ ނަތީޖާ ދައްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސްކޫލް ދައުރު ނިންމާލުމަށްފަހު އާމްދަނީ ހޯދޭނެ ގޮތެއްނެތި އެތައް ޒުވާނުންތަކެއް ތިބިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓިވެޓާއި ބީޓެކް ޕްރޮގްރާމަކީ ސްކޫލް ދައުރު ނިންމާ މުޖުތަމައަށް ނުކުންނަ ދަރިންނަކީ މުޖުތަމައަށް ބޭނުންހިފޭ ދަރިންތަކަކަށް ހެދުމަށް ފެށި މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮގްރާމްތަކެކެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ސްކޫލުތަކުގައި ގްރޭޑް ދިހައެއްގައި ކިޔަވާ ކުދިންގެ ސާޅީސް ހަތެއް އިންސައްތައަކީ މިއިން ޕްރޮގްރާމެއްގައި ކިޔަވަމުންދާ ކުދިންކަމަށެވެ.

އަދި ތައުލީމީ ދާއިރާއަށް މިގެނައި ބަދަލުތަކާއެކު ކުދިންގެ ޝައުގު އިތުރުވެ، އެހެނިހެން މާއްދާތަކުން ފާސްވާ ކުދިިންގެ އަދަދުވެސް އިތުރުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލް ނިންމާ ކުދިން މުޖުތަމައުއަށް ނިކުންނައިރު، އާމްދަނީ ލިބޭނެ މަގުވެސް މި ޕްރޮގްރާމްތަކުގެ ސަބަބުން ވަރަށް ބޮޑަށް ފަހިވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ބީޓެކް ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ ކިޔަވާ ދަރިވަރުންނަށް ރަށުން، ނުވަތަ ކުއްޖާ އުޅޭ ތަނެއްގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ބަލައިގެންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ބީޓެކާއި، ޓިވެޓްގެ ޒަރިއްޔާއިން މިހާރުވެސް އެއްހާހަށްވުރެ ގިނަ ފަރމަސީ އެސިސްޓެންޓުންނާއި، އިލެކްޓްރިޝަނުންނާއި، ޑައިވިންގް އިންސްޓްރަކްޓަރ ކޯސްފަދަ ކޯސްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ގިނަ ދާއިރާތަކުން ކުދިންވަނީ ތަމްރީންކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ޓިވެޓާއި ބީޓެކް ކޯސްތައް ނިންމާ ކުދިން މުޖުތަމައުއަށް ނިކުންނައިރު، އެކުދިންނަށްހުރި ވަޒީފާގެ ފުރުސަތުތަކަކީ ކޮބައިތޯބަލައި، ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355