twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ކުޅުދުއްފުށީ ބަނދަރަށް ތާރީހަކަށް ފަހު ތާރީހެއް، މިހާރު ނޮވެމްބަރުމަހަށް !

Aug 28, 2018

ކުޅުދުއްފުށީ ހިއްކި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ ބަނދަރުގެ މަސައްކަތް މި ނޮވެމްބަރ މަހު ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު މިއީ ކުޅުުއްފުށީ ބަނދަރުގެ މަސައްކަތައް ދެއްކި ހުވަފެނުގެ ތެރެއަށް އިތުރުވި އެހެން ތާރީހެކެވެ.

މިބޮޑު އީދުގައި ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީގެ ބަނދަރުގެ މަސައްކަތް އަންނަ ނޮވެމްބަރުމަހު ފަށާނެ ކަމަށެވެ. މިއީ ބަނދަރުގެ މަސައްކަތް ފެށުމަށް ސަރުކާރުން ދެއްވާ ތާރީހްތަކަށް ރައީސް އިތުރުކުރެއްވި ބޮޅަކަށްވެގެން މިވަނީ ގޮސްފަ އެވެ.

މީގެ ކުރިން އެކި ފަހަރުމަތިން ބަނދަރުގެ މަސައްކަތް ނިންމުމަށާއި ފެށުމަށް ވެސް ވަނީ އެކި އަހަރުތަކުގައި އެކި ތާރީހުތައް ދީފަ އެވެ. އެގޮތުން އޭޑީބީގެ އެހީގެ ދަށުން 9.6 މިލިއަން ޑޮލަރުގެ އެހީއެއް ބަނދަރު ހެދުމަށް 2016 ވަނަ އަހަރު ލިބިފައިވާއިރު އެންމެ ފުރަަތަމަ ބަނދަރު ނިންމާނެ ތާރީހެއްކަމަށް އޭޑީބީއާއި ހަވާލީ ފައިނޭންޝަލް ޓައިމްސް ބައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހަށެވެ.

މަސައްކަތް ނިންމުމަށް އަދި ފެށުމަށްވެސް އެކިފަހަރުމަތިން ސަރުކާރުން ވަނީ އެތައް ތާރީހުތަކެއް ދީފަ އެވެ. މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ފެށިފައިވާނުވާ އިރު ވެލިގަނޑު ހިމާޔަތް ކުރުމަށްވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވުމުގެ ނަތީޖާއެއްގެ ގޮތުން ވެލިގަނޑު ވަނީ ވަރަށް ބޮޑަށް ގިރާލާފައެވެ.

“އުދުހޭ” ނަމުގައި ޕީޕީއެމްއިން ކުޅުދުއްފުށީގައި 2017 ވަނަ އަހަރުގެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މި އަހަރުގެ މެއި މަހުތެރޭގައި ކުޅުދުއްފުށީގެ ބަނދަރުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ މި އަހަރުގެ އޭޕްރިލްމަހުވެސް ބަނދަރުގެ މަސައްކަތް ފަށާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުތެރޭގައި “ލަސްވެގެން” ބަނދަރުގެ ކޮންސްޓްރަކުޝަންގެ މަސައްކަތް ފަށާނެކަމަށް ހައުންސިންގ މިނިސްޓްރީގެ ބޭކަނބަލެއްކަމަށްވާ ޝާނާ ފާރޫޤު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ބުނެފައެވެ.

މީގެ އިތުރުން އެ މަސައްކަތަށް 18 މަސް ހޭދަވާނެކަމަށާއި ބޯހޯލް ތޮރުފުމުގެ މަސައްކަތް އޯގަސްޓްމަހު ފެށިގެންދާނެ ކަމަށާއި ބޯހޯލް ތޮރުފަން ހަމަޖެހިފައިވާ 10 ސަރަހައްދުވެސް ކަނޑައަޅައިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވި އެވެ. އެހެންނަމަވެސް މިހާތަނަށް މިކަމުގެ އެއްވެސް އަޕްޑޭޓެއްވެސް ލިބިފައެއް ނުވެއެވެ.

2015 ވަނަ އަހަރުގެ އޮގަސްޓް މަހު ހައުންސިންގ މިނިސްޓްރީން އެންމެ ފުރަތަމަ ވަނީ 2016 ވަނަ އަހަރު ކުޅުދުއްފުށީ ހިއްކި ބިން ތަރައްގީ ކުރާނެ ކަމަށްވެސް ބުނެފަ އެވެ. އަދި އެސަރަހައްދު ގިރަމުން ދާތީ އެކަން ހުއްޓުވުމަށް އެސަރަހައްދުގައި ބަނދަރެއް ގާއިމް ކުރެވިގެން ދާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައި ވެއެވެ.

މެއި މަސް ވެސް ނިމިއްޖެ، ބަނދަރު މަޝްރޫއުވެސް އިބިލީހު ކައިވެންޏަށް !

ބަނދަރުގެ މަޝްރޫއަށް ކޮންސަލްޓަންޓެއް ހޯދުމަށް 2016 ވަނަ އަހަރުވެސް ވަނީ އިއުލާން ކުރެވިފައެވެ. އެއަށްފަހު ފިނޭންސް މިނިސްޓްރީ ބަނދަރުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފައިވަނީ މި އަަހަރުގެ އޭޕްރީލް މަހު ތެރޭގައިި އެވެ. މާރޗް މަހު ބީލަން ހުޅުވަން ނިންމާފައިވީ ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއްވެސް އެ މިިނިސްޓްރީން ދީފަ އެއް ނުވެއެވެ.

2010 ވަނަ އަހަރު ތެރޭގައި ކުޅުދުއްފުށީގައި ހިއްކި 28 ހެކްޓަރުގެ މި ބިން ތަރައްގީ ކުރުމަށް ސަރުކާރުން ނިންމި ފަހުން މިހާރު މިވަނީ 5 އަހަރުވެފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355