twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ހދ ގައި ވަރުގަދަކޮށްފި، ފުރަތަމަ ދަތުރު ފިނެއަށް !

Aug 26, 2018

ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތް ހދ އަތޮޅުގައި ވަރުގަދަކޮށް، އަތޮޅުގެ ބައެއް ރަށްރަށް ކެމްޕެއިން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މިކެމްޕެއިން ހަރަކާތްތަކީ ކުޅުދުއްފުށިން އިސްނަގައިގެން އަތޮޅު ލެވެލްގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން އަތޮޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު ދިއުމަށް ހަމަޖެހިފައިވަނީ ހދ ފިނެ އަށެވެ.

އެގޮތުން ކުޅުދުއްފުށިން ފިނެއަށް ދިއުމަށް ފުރަނީ މިއަދު މެންދުރު 2 ޖަހާއިރު އެވެ. ކުޅުދުއްފުށީގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަހުމަދު އާތިފް ވިދާޅުވީ މިހަރަކާތްތަކީ ހދ އަތޮޅުގައި ގުޅިފައިވާ ޕާޓީތަކުން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށް ގުޅިފައިވާ ކެންޑިޑޭޓަށް ތާއިދު ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

ދެ ރަށުގެ ގުޅިފައިވާ ޕާޓީތަކުގެ އިސް ފަރާތްތަކުން ގުޅިގެން ކުރިއަށްގެންދާ މިހަރަކާތުގައި މިއަދު ހަވީރު ފިނޭގައި ހާއްސަ ކަންމަތީ ބައްދަލުވުމެއް އޮންނާނެކަމަށް އާތިފް ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތައް ކުޅުދުއްފުށީގައިވެސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެގޮތުން ސައިކަލް ބުރާއި ކުޑަކުދިންގެ ހަވީރުގެ އިތުރުން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތްތައް ވަނީ ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355