twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކެމްޕެއިނަށް ފައިސަލް ށ އަތޮޅަށް ވަޑައިގެންފި

Aug 26, 2018

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގ މޭޓް ފައިސަލް ނަސީމް ށ. އަތޮޅަށް ވަޑައިގަންނަވައިފި އެވެ.

ފައިސަލުގެ މި ދަތުރުފުޅުގައި އެއަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ.

އެގޮތުން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދުު ފައިސަލް ވަޑައިގަތީ ކަނޑިތީމަށެވެ. ކަނޑިތީމުންނާއި ގޮއިދޫން ވަނީ ފައިސަލްގެ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެއަށްފަހު ދެން ވަޑައިގަންނަވާނީ ނޫމަރާ، ބިލެތްފަހީގެ އިތުރުން މިލަންދޫއަށެވެ.

މިލަންދޫގައި ކެމްޕެއިން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ ނަރުދޫ، ފީވައް، ފޯކައިދޫ އާއި މާއުނގޫދޫގެ އިތުރުން ފުނަދޫގެ އަދި ކޮމަންޑޫ އަށެވެ

މިދަތުރުފުޅުގައި ރަށަކަށް ވަޑައިގެން ވެސް އެރަށެއްގައި ތިބި ސަޕޯޓަރުންނާއި ފައިސަލް ބައްދަލު ކުރައްވާނެ އެވެ. އަދި ބައެއް ގެތަކަށްވަޑައިގެން އެމީހުން ހާލު ބައްލަވާނެއެވެ

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355