twitterviber whatsapp telegramfacebookyoutube instagram
5th June 2025

ދުސްމަނުންނަށްވެސް ބޭއިންސާފުން އަނިޔާ ލިބޭކަށް ބޭނުންމެއް ނޫން: އަލީ

Aug 26, 2018

ދުސްމަނުންނަށްވެސް ބޭއިންސާފުން އަނިޔާއެއް ލިބެން ބޭނުންނުވާކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ކުރީގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޓީމުން މިއަދު ހދ ފިނެއަށް ކުރި ދަތުރުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ ރައީސް މައުމޫނުގެ ދިފާއުގައި މިއަދު މިތިބީ މިރާއްޖޭގައި އިންސާފުގެ ކުނޑިފުކެއްވެސް ނެތީމަ ކަމަށާއި ދުސްމަނުން މީހާއަށްވެސް ބޭއިންސާފުން އަނިޔާ ލިބެން ބޭނުންނުވާ ކަމަށެވެ.

އަލީ ވިދާޅުވީ މިސަރުކާރުން ފިނޭގެ ތަރައްގީއަށް އެއްވެސް މަޝްރޫއުއެއް ހިންގާފައިނުވާ ކަމަށާއި އެހެންވުމުން މިރަށުގެ ރައްޔިތުން ރައީސް ޔާމީނަށް ވޯޓްދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އަމިއްލަ ރަށުގައި ފުދުންތެރި ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށްވެސް އުޅެވެން ޖެހޭނެ ކަމަށާއި އިއްތިހާދުގެ ވެރިކަމުގެ ރަށުގައި އާއިލާއެކު ތިބެގެން ވަޒިފާ އަދާކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. ފިނޭ ފަދަ ރަށްތަކުގައި ގެސްޓްހައުސްގެ ވިޔަފާރި ތައާރަފުކުރައްވާނެކަމަށް އަލީ ވިދާޅުވި އެވެ. އެގޮތުން ފިނޭގައި 50 އެނދުގެ ގެސްޓްހައުސްއެއް އިމާރާތްކުރެވިގެންދިޔައަސް ރަށުގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން އަލީ ފާހަގަކުރެއްވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މިފަދަ ކުދި ރަށްތަކުގައި ވަޒީފާއަދާކޮށްގެން އުޅެވޭނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި އެގޮތަށް ނުވެއްޖެނަމަ އެސަރުކާރާ ދެކޮޅަށްވެސް އަޑުއުފުލާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ލަސްވެގެންދިޔައީ އިދިކޮޅު ފަރާތްތަކާ ހެދި ކަމަށް ދާދި ފަހުން ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށްވެސް އޭނާ ރައްދުދެއްވި އެވެ. އަލީ ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތްތަށް އެއްވެސް ފަރާތަކުން ހުރަސް އަޅާފައިނުވާނެ ކަމަށެވެ.

“އަޅުގަނޑު އެކަން ދެނެހުރި މީހެއްގެ ހައިސިއްޔަތު ބުނެލަން ބޭނުންވޭ އެއްވެސް މީހެއްގެ ނުފޫޒެއް ނުވަތަ ނުރުހުންތެރިކަމެއްވެސް އެ އެއާޕޯޓަކަށް ނެތް”. އަލީ ވިދާޅުވި އެވެ. ފަސް އަހަރުވެގެންދާއިރު އެއާޕޯޓް ނެޅި ލަސްވަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދި އެވެ.

އަމިއްލަ ފައިދާއަށް ލިބޭ މަދު ފައިސާކޮޅަކަށް ވޯޓް ވިއްކާލުނުމަށް އޭނާ އާދޭހާއެކު އެދިލެއްވި އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com