twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބިލެތްފަހީގައި އެއާޕޯޓެއްް އަޅާނެކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފި

Aug 27, 2018

ށ ބިލެތްފަހީގައި އެއާޕޯޓެއްް އަޅާނެކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާ އެރަށުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދުވެސް ވިދާޅުވެއްޖެ އެވެ.

ރ އަލިފުށީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު އެރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބިލެތްފަހި އަލިފުއްޓާ މާ ދުރުނޫންކަމަށާއި އަލިފުށީގައި ރަންވޭއެއް އަޅައިދެވޭނެ ވާހަކަ މިއަދުން މިއަދަށް ނުދެއްނެވުނަސް ބިލެތްފަހީގައި އެއާޕޯޓެއް އޮންނާނެ ކަމަށެވެ.

“އަލިފުއްޓާއި މާދުރަކު ނޫން ބިލެތްފަހި މިއޮތީ، ބިލެތްފަހި ކައިރީގައި ރިސޯޓެއް އެބަހެދޭ އެއީ އެކަށީގެންވާ ގިނަ ވަޒީފާ އުފައްދާނެ ރިސޯޓެއް، އެހެންވީމަ އަލިފުށީގައި މަތިންދާ ބޯޓު ޖައްސާނެ ރަންވޭއެއް ހަދާދެވޭނެ ވާހަކަ މިއަދުން މިއަދަށް އަޅުގަނޑަށް ނުދެއްނެވުނަސް އަޅުގަނޑު ދަންނަވާނަން ބިލެއްފަހީގައި އެއާޕޯޓެއް އޮންނާނެ” ރައީސް ވިދާޅުވި އެވެ.

މިިދިޔަ ޖުލައި މަހު ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ނިމުން ފާހަގަ ކުރުމަށް އެރަށްވަޑައިގެން ރައީސް ވިދާޅުވީ ބިލެއްފަހީގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކު މީގެ ދުވަސްކޮޅެއް ކުރިން ޝައުގުވެރިކަންފާޅުކޮށްފައިވާކަމަށާއި ބިލެތްފައްސަށް ވަޑައިގަތުމުގެ ކުރިން ބިލެތްފަހީގެ އެއާޕޯޓް އަޅަން ހުށައެޅި ކުންފުންނާއި ވާހަކަދައްކާ ހުރިހާކަންކަން ނިންމަން ބޭނުންވި ކަމަށެވެ.

ބިލެއްފަހީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބިލެއްފަހީގެ ފަޅަކީ ބޮޑު ފަޅެއްކަމަށާއި އެފަޅު ތަރައްގީކޮށް ރަށަށް އޭގެ ފައިދާ ހޯދާނެ ކަމަށެ އެވެ. އަދި ފުނަދޫ އެއާޕޯޓާއި ބިލެއްފަހީގެ އެއާޕޯޓް ނިމުމުން މުޅި ށ އަތޮޅަށް އޭގެ ފައިދާކޮށް ޓޫރިޒަމް ފެށިގެންދާނެކަމަށެވެ.

މީގެ އިތުރުން ބިލެއްފަހީގައި އެއާޕޯޓް އަޅަން ހުށައެޅު ކުންފުންޏާއެކު ޓްއަރިޒަމް މިނިސްޓަރ ބައްދަލުކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ށ. ފުނަދޫގައި އަޅަމުން ގެންދާ އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު އަންނަ ސެޕްޓެމްބަރ މަހު ތެރޭ ޓެސްޓް ފްލައިޓު ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355