twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ހޯދައިދެނީ

Aug 27, 2018

ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި، ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ، ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް އާއި، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)އާއި، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލާއި، ކަމާގުޅޭ ޓެކްނިކަލް އެހެންމެހާ ބޭފުޅުންނާއި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހިމް ވިދާޅުވީ، މާލެއާއި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތުގެ ފެންވަރު އެއްހަމައަކަށް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑޮކްޓަރުންނެކޭ އެއްގޮތަށް ނަރުހުންނަކީ ވެސް މަސައްކަތުގެ މާހައުލުގައި ތައުލީމާއި ތަމްރީންގެ ގޮތުން ގާބިލް ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ.

އެގޮތުން އެންމެ ފަހުގެ ޒާމާނީ ވަސީލަތްތަކަށް އަހުލަވެރި ބަޔަކަށް ނަރުހުން ހެދުމަށްޓަކައި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާނެގޮތާއި ގުޅޭގޮތުން މަސްވަރާކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަރުހުން ވަޒީފާގައި ތިބެގެން އިތުރު ތައުލީމާއި ތަމްރީން ހޯދުމުގެ ފުރުސަތު ހޯދުމާއި ގުޅޭ ގޮތުން މިނިސްޓްރީން އިން މަސްވާރާކޮށްފައި މިވަނީ މި މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ނަރުހުންގެ އާ އޮނިގަނޑު ތަންފީޒު ކުރުމަށްޓަކައެވެ.

ކުރިން އަމަލު ކުރަމުންދިޔަ ނަރުހުންގެ ވަޒީފާގެ އޮނިގަނޑާ ހިލާފަށް އަލަށް އަމަލުކުރަންފެށި އޮނިގަނޑުގައި 4 ކަމެއް ވަނީ ފާހަގަކޮށްފައެވެ.

އެ އޮނިގަނޑުގައިވާ ގޮތުން މުވައްޒަފުގެ ތައުލީމާއި މަސައްކަތުގެ ފެންވަރަށް (ޕާރފޯމްންސް) ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ލިބޭ ގޮތަށާއި، ނަރސިންގ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމުން އެ ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ނަރުހުންގެ ދާއިރާގެ ހާއްސަ (ސްޕެޝަލައިޒްޑް) ނަރުހުން ހިދުމަތުގެ ތެރެއަށް ތައާރަފްކުރާނެ ގޮތަށާއި އާއްމު އަދި ހާއްސަ (ޖެނެރަލް އަދި ސްޕެޝަލިޓީ) ދާއިރާތަކުން މަގާމުގެ ކުރިއެރުން ދިނުމަށް ވަނީ ބަދަލުކޮށްފައެވެ.

މި އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްކޮށްފައިވަނީ ސިވިލް ސާރވިސް ކޮމިޝަނާއި، އައިޖީއެމްއެޗާއި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލާއި ކަމާ ގުޅޭ ޓެކްނިކަލް ފަރާތްތަކާއި އަދި ކަމާ ގުޅުންހުރި އެހެނިގެން އިދާރާތަކާއި މަސްވަރާކޮށް ލިބިފައިވާ ލަފަޔާއި އިރުސާދަށް ރިޔާޔަތްކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355