twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހުރިހާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދޭނީ މި ސަރުކާރުން: ރައީސް

Aug 28, 2018

ދިވެހިރާއްޖޭގައި ދިމާވާ ހުރިހާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދޭނީ މި ސަރުކާރުން ކަމަށާއި، މިކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރ އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ދުވާފަރަށް ވަޑައިގެން ޕީޕީއެމްއިން އިންތިޒާމްކުރައްވައިގެން އެރަށުގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުގައި ޒުވާނުން، ކަނބަލުން، އިސްރައްވެހިން، ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ އެންމެ ބޮޑު އާބާދީއާއި އެންމެ ކުޑަ އާބާދީ ތަފާތު ނުކުރައްވާކަމަށާއި، މި ސަރުކާރުގެ މެނިފެސްޓޯ ބިނާވެފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ދިމާލަކަށް އުންމީދު ލިބޭގޮތަށް ކަމުގައި ރައީސުލްޖުމހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ އިޤްތިސާދީ ކުރިއެރުމާއިއެކު ދިވެހިންނަށް ތަނަވަސް ދިރިއުޅުމެއް ފެނުންކަމަށާއި، އެމަނިކުފާނުގެ އަމާޒަކީ މަސައްކަތްކުރަންކެރޭ ކޮންމެ ދިވެހި ރައްޔިތަކުމެ އާނމުދަނީ ހޯދައިގެން ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރާ މީހަކަށްހެދުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ދިވެހި ރައްޔިތަކުމެ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ލައްވަވާ ވޯޓަކީ ޤައުމުގެ ތަރައްގީއަށް ދެއްވާ ވޯޓަކަށް ހައްދަވައި، ޤައުމާއި ދޭތެރޭގައި ވިސްނަވާފައި ލައްވަވާ ވޯޓަކަށް ހެއްދެވުމަށް ގޮވައިލައްވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355