twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފޯކައިދޫން ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނަށް: ރާޝިދު

Aug 28, 2018

އަންނަ ރިޔާސީ އިންތިހާބުގައި ށ ފޯކައިދޫން ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށާއި އެކަން ނުކޮށް ތިބެވެން ނެތްކަމަށް ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހްގެ ރަނިންގެ މޭޓް ފައިސަލް ނަސީމް ށ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ފޯކައިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ ފަށާފައިމިވާ މަސައްކަތް ނިންމާނީ 23 ޑިސެމްބަރުގައި ލާ ވޯޓުން ރައީސް ޔާމީން ބޮޑުތަނުން ބަލިކޮށްފައި ކަމަށެވެ. އެގޮތުން ފޯކައިދޫގެ އަގުލަބިއްޔަތު ރައީސް ޔާމީނާ ދެކޮޅުކަށް ވޯޓް އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

މި ނާއިންސާފު ވެރިކަމުގެ ކުރިމަތީގައި ބަސްނުބުނެ މިހެން ތިބެވޭކަށް ނެތް ކަމަށެވެ. ފޯކައިދޫއަކީ މީގެ ކުރީގައި 70 ޕަސެންޓަށް ވުރެ ބޮޑު އަގުލަބިއްޔަތެއް ޕީޕީއެމަށް ނަގައި ރަށެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިފަހަރު އަގުލަބިއްޔަތު އޮތީ އޭގެ އިދިކޮޅަށް ކަމަށެވެ. “މިއަނިޔާވެރިކަމާ” ދެކޮޅަށް ބަސް ނުބުނެ ތިބެވޭނެ އެއްވެސް ހައިސިޔަތެއް ނެތް ކަމަށާއި މި ވެރިކަން ނިންމަން ޖެހޭ އެތަށް ސަބަބުތަކެއް އެބަހުރި ކަމަށް ރާޝިދު ވިދާޅުވި އެވެ.

ރާޝިދު ވިދާޅުވީ މިސަރުކާރުންވަނީ ލާމަރުކަޒީ ނިޒާމު ފުޑާލާފައިވާ ކަމަށާއި ކައުންސިލްތަކުގެ ބަޖެޓްވެސް ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ފޯކައިދޫ ކައުންސިލަށް ދެމުންދާ ބަޖެޓް ދެ ބައިކުޅަ އެއްބަޔަށް ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އެއްވެސް ކައުންސިލަކަށް ވަދެ ކައުންސިލަރުންނާ ރައީސް ޔާމީން ބައްދަލެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުތަކުން ފޯކައިދޫން ބޮޑު އަގުލަބިއްޔަތެއް ހޯދާދީފައިވާ ކަމަށާއި ނަމަވެސް އެރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހިންގާދީފައިނުވާކަމަށެވެ. ބަނދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ފޯކައިދޫގެ ބަނދަރު ހައްލުކޮށްނުދީ ށ އަތޮޅުގައި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ނުހިންގަވާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށް ރާޝިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355