twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަމީނީމަގު ސާފުކުރުމަށް 28 މުއައްސަސާއަކުން، 4 ޖަމިއްޔާ އަދި 2 ގުރޫޕަކުން ތައްޔާރު !

Aug 29, 2018

އަންނަ ހުކުރު ދުވަހު ހެނދުނު ރެޑުކުރެސެންޓް ހދ ގޮފިން އިސްނަގައިގެން ކުޅުދުއްފުށީ އަމީނީމަގު ސާފުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަށް މުއައްސަސާތަކުންނާއި ޖަމިއްޔާތަކުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. އެގޮތުން 28 މުއައްސަސާއަކުންނާއި 4 ކުލަބު ޖަމިއްޔާއަކުން އަދި ދެ ގުރޫޕަކުން ބައިވެރިވެފައިވެ އެވެ.

ދިވެހި ރެޑްކުރެސެންޓްގެ އަހަރީ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީ އަމީނީމަގު ސާފުކުރަން ނިންމާ މި ޕުރޮގުރާމް ކުރިން ހަމަޖެހިފަ އޮތީ އޯގަސްޓްމަހުގެ 17 ވީ ހުކުރުދުވަހު އެވެ. ނަމަވެސް މޫސުމް ގޯސްވުމު އެ ޕުރޮގުރާމްވަނީ ފަހުގެ ތާރީހަކަށް ބަދަލު ކޮށްފައެވެ.

އެގޮތުން މިހާރު ސާފުކުރުމުގެ މި ޕްރޮގުރާމް މިއޮތީ މިމަހުގެ 31 ވަނަ ހުކުރު ދުވަހުގެ 06:00 – 7:30 ގައެވެ. މަގު ސާފުކުރުމަށް ނިންމާފައިވަނީ އެކި ފަރާތްތަކަށް ސަރަހައްދުތައް ބަހާލައިގެންނެވެ.

“އެންމެ އެކުގައި އަމީނީމަގު ސާފުކޮށްލަން” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތްތަކީ ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ދަރުމަވެރިން އިސްނަގައިގެން މުވައްސަސާތަކާއި އާންމުން ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ރެޑް ކުރެސެންޓުން ހދ ގޮފިން މައުލޫމާތުދެ އެވެ.

ދިވެހި ރެޑް ކުރެސެންޓް ހދ ބުރާންޗްގެ ކޯޑިނޭޓަރ އަހުމަދު އަބްދުﷲ ކޭއޯއަށް މައުލޫމަތު ދެވަމުން ވިދާޅުވީ މަގު ކަހައި ސާފުކުރުމަށް ނިކުންނަށް ހުރިހާ އެންމެންނަށް އެފަރާތުން ފޭސް މާސްކު ފޯރުކޮށްދޭނެ ކަމުގައެވެ. ނަމަވެސް މަގު ސާފުކުރުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ހިމެނޭ ފިހިގަނޑު، ޖަސްތުގަނޑު، ބަރޯ ފެންފުޅި ފަދަ ތަކެތި އަމިއްލައަށް ގެންދިއުމަށްށެވެ. ފެންފުޅި ގެންދަވާއިރު ޕްލާސްޓިކް ފުޅީގެ ބަދަލުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ފުޅި ގެންދިއުމަށް ރެޑްކުރެސެންޓުން އެދެ އެވެ.

މި ޕްރޮގުރާމުގައި ބައިވެރިވި މުވައްސަސާތަކަކީ، އަފީފުއްދީން ސްކޫލް، ހދ އަތޮޅު ތައުލީމީ މަރުކަޒު، ޖަލާލުއްދީން ސްކޫލް، އަމީރުއަމީން ސްކޫލް، ކުޅުދުއްފުށީ ކައުންސިލް، ހދ އަތޮޅު ކައުންސިލް، ޕޮލިސް، އެމްއެންޑީއެފް، ހޮސްޕިޓާ، ހދ. އެޓޯލް ހެލްތް ސާވިސަސް، ކަސްޓަމްސް، ކޭޕީއެލް، އެސްޓީއޯ، ދިރާގު، އުރީދޫ، ކޯޓް، ޕީޖީ، އިމިގުރޭޝަން، މިރާ، ބީޑީއެސްސީ، ބީއެމްއެލް، އެމްއައިބީ، ފެނަކަ، އެމްއެންޔޫ، މައި ކޮލެޖް، އެމްޑަބުލިއުއެސްސީ، އެފްސީއެސްސީ، ޕަބުލިކް ވޯކްސް އެވެ. ޖަމިއްޔާތަކުގެ ތެރޭގައި ސްކައި، ޒިގްޒެގް، ކޮރަލް، ބިލީފް ހިމެނެ އެވެ. އަދި ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް އާއި ކައިޓް ބޯޑިންގ ކުޅުދުއްފުށިވެސް ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355