twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޓޫރިސްޓު ވިސާގައި އިންތިހާބުގެ އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ހުއްދައެއް ނެތް

Aug 30, 2018

ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރިޔާސީ އިންތިހާބު އޮބްޒާވްކޮށް، މޮނިޓާ ކުރެވޭނީ އިލެކްޝަންސް ކޮމިޝަންގެ ހުއްދައާއެކު ބިޒްނަސް ވިސާގައި ކަމަށާއި ޓޫރިސްޓު ވިސާގައި އިންތިހާބުގެ އެއްވެސް ކަމެއްގައި ބައިވެރިވާނަމަ ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނީ އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބު، ބޭރުގެ އެއްވެސް ފަރާތަކަށް މޮނިޓާ ކުރެވޭނީ އިލެކްޝަންސުން ހުއްދަ ނަގައިގެން ކަމަށެވެ. އެކަމަށް ކުރިމަތިލާ، ފަރާތްތަކުގެ ތެރެއިން ހުއްދަ ދޭ ފަރާތްތަކަށް ބިޒްނަސް ވިސާ ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އެތެރެވެ، އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ކުރުމަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ބަޔާނުގައި ވެ އެވެ.

އެހެންކަމުން ޓޫރިސްޓު ވިސާގައި އެތެރެވެ، އިންތިޚާބު ކަވަރުކުރުމުގެ އެއްވެސް މަސައްކަތެއްގައި ޝާމިލްވާ ފަރާތްތަކާ މެދު އިމިގްރޭޝަންގެ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަން މި ފުރުސަތުގައި ހަނދާން ކޮށްދޭ ކަމަށް ، އެ ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

އިމިގްރޭޝަނުން އެދިފައި ވަނީ، ބިޒްނަސް ވިސާގެ ގަވާއިދުގައި ބުނެފައިވާ ލިޔެކިޔުންތަކުގެ އިތުރުން، ރިޔާސީ އިންތިހާބު ކަވަރުކުރަން ދީފައިވާ ހުއްދަ އާއި ބިޒްނަސް ވިސާގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިޔެކިޔުންތައް ހުށަހެޅުމަށެވެ.

އިންތިހާބު އޮބްޒާވްކުރުމާއި މޮނިޓަކުރަން އަންނަ ފަރާތްތަކުން ބިޒްނަސް ވިސާ އަށް އެދުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 އެވެ.

ފުރިހަމަ ނުވާ އެޕްލިކޭޝަންތަކާއި ލިޔުންތައް ފުރިހަމަ އަށް ހުށަހަޅާފައި ނުވާ ނަމަ އެޕްލިކޭޝަން ބާތިލްކުރާނެ ކަމަށް ވެސް އިމިގްރޭޝަނުން ހާމަކުރިޔެވެ.

އިލެކްޝަންސް 2018، ކަވަރު ކުރުމަށް އަންނަ ފަރާތްތައް ރާއްޖެ އަށް އަންނަން ވާނީ ބިޒްނަސް ވިސާ އެޕްރޫވްމުންނެވެ. އޭގެ ކުރިން އަންނަ ފަރާތްތައް ރާއްޖެ އަށް އެތެރެވިޔަ ނުދީ ފޮނުވާލާނެ ކަން ވެސް މި ފުރުސަތުގައި ހަނދާން ކޮށްދޭކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އިލެކްޝަންސުން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355