twitterviber whatsapp telegramfacebookyoutube instagram
12th March 2025

ރައީސުލްޖުމުހޫރިއްޔާ މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ

Apr 7, 2011

ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ.

ރައީސްގެ މިދަތުރުފުޅުގައި ހުސްވި އަހަރުގެ ޖުލައިމަހު ރައީސް އިފްތިތާހު ކޮށްދެއްވި ކުޅުދުއްފުށީ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެއެވެ.

ރައީސުލްޖުމުހޫރިއްޔާ އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ހއ ކެލައަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މިއަދު ވަޑައިގެންނެވީ ހދ ހަނިމާދޫ އަށެވެ. ހަނިމާދޫ އަށް ރައީސް ވަޑައިގެން އެރަށުގެ ތަރައްޤީއަށް ރޭވިފައިހުރި ކަންކަމާއި މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތަކާބެހޭ ގޮތުން ހަނިމާދޫ ކައުންސިލާއެކު މައުލޫމާތު ހިއްސާކުރެއްވެވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިގޮތުން، ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމް މިހާތަނަށް ކުރިއަށް ގޮސްފައިވާ ހިސާބާއި، އެއަރޕޯޓާ ގުޅިގެން އިތުރަށް ތަރައްޤީ ކުރެއްވުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ތަރައްޤީ ކުރެއްވުމާ ބެހޭގޮތުންވެސް ރަށު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ. އަދި ހަނިމާދޫ އެއަރޕޯޓް ސަރަޙައްދުގައި 200 އެނދުގެ ހޮޓަލެއް ތަރައްޤީ ކުރެއްވުމުގެ މަސައްކަތާއި، އެއަރޕޯޓު ސަރަޙައްދުގައި ހައްދަވަމުންގެންދަވާ ޖެޓީގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ކައުންސިލާއެކު ޙިއްސާ ކުރެއްވެވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355