twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ސާމީ ހޯދައިފި

Aug 31, 2018

މިދިޔަ އަހަރު އަފީފުއްދީން ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ކުޅުދުއްފުށީ/ ވައިލެޓްވިލާ، މުހައްމަދު ސާމި މޫސާ ހޯދައިފި އެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މުހައްމަދު ސާމީ ހޮވިފައިވަނީ ކިޔެވުމަށާއި އިތުރު ހަރަކާތްތަކުގެ އިތުރުން ގްރޭޑް 10 ގެ އެންމެ މަތީ މާކްސް ހޯދައިގެންނެވެ. ސާމީ ވަނީ ދެ އޭ ސްޓަރ އާއި ތިން އޭ އަދި ތިން ސީ ހޯދާފަ އެވެ.

އަފީފުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި ހާއްސަ މިރަސްމިއްޔާތު ސާމީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސީލްްޑް، އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ ސީލްޑް، ހދ އަތޮޅު ކައުންސިލް އަދި ދިރާގުން ދެއްވާ ޓްރޮފީ އާއި އަފީފުއްދީން ސްކޫލް ޕީޓީއޭއިން ހުށައަޅާފައިވާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްޣުސްތާޒް މުހައްމަދު ނަޝީދެވެ. އަދި ހާއްސަ ކާމިޔާބީތައް ހޯދި ދަރިވަރުންނަށްވެސް އިނާމު ހަވާލުކޮށްދެއްވީ މެމްބަރު ނަޝީދެވެ.

ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު މުހައްމަދު ސާމީ މޫސާ ހޯދި ނަމަވެސް ތައުލީމީގޮތުން ސްކޫލުން އެއްވަނަ ހޯދާފައިވަނީ ކުޅުދުއްފުށީ/ އަސުރު، އިފާ އަބުދުއްރަޝީދެވެ. އިފާ ވަނީ 5 އޭ އަދި ތިން ބީ ހޯދާފަ އެވެ. މި ދެ ދަރިވަރުންނާ އެންމެ ގާތުން ތިންވަނަ ހޯދީ ކުޅުދުއްފުށީ/ ޑްރެސް، ޡާހާ މުހައްމަދެވެ. އޭނާ ވަނީ ތިން އޭ އާއި ތިން ބީ އަދި ތިން ސީ ހޯދާފަ އެވެ.

2017 ވަނަ އަހަރުގެ އަފީފުއްދީން ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މުހައްމަދު ސާމީ މޫސާ އާ އޭނާގެ އާއިލާ–

މިރަސްމިއްޔާތުގައި އެ ސްކޫލުގެ 51 ދަރިވަރަކު އިނާމު ހާސިލުކޮށްފައިވެ އެވެ. ހާއްސަ ވަނަތައް ހޯދި ދަރިވަރުންނަށް ބަލާލާއިރު ކިޔެވުމަށް އެންމެ ރަނގަޅު ގާލްގައިޑަށް އާމިނަތު އަރީޝާ އަބުދުއްރަޝީދެވެ. ހުރިހާގޮތަކުން އެންމެ މޮޅު ރަނގަޅު ގާލްގައިޑަކަށް ރައުޝާ އާދަމް ވަހީދު ހޮވުނުއިރު ކިޔެވުމަށް އެންމެ ރަނގަޅު ސްކައުޓަކަށް ހޮވުނީ އީޖާދު މުހައްމަދެވެ.

ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުންޓަކަށް އަހުމަދު ހުސައިން ހޮވުނުއިރު ކިޔެވުމަށް އެންމެ ރަނގަޅު އަދި ހުރިހާގޮތަކުން އެންމެ ރަނގަޅު ކެޑޭޓްގެ މަގާމު ލިބިފައިވަނީ އަފްރާދު މުހައްމަދެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެމްބަރު ނަޝީދު ވާހަކަފުޅު ދައްކަވަނީ–

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ މުޖުތަމައު ކޮންމެ ފަޅިއަކުން ކުއްޖާ ސްކޫލަށް ދިޔަކަމުގައި ވިއަސް ސްކޫލުގެ ތެރެއަށް ވަނުމަށްފަހު ހިނގާނީއެއް އެއް އުސޫލެއްކަމަށާއި ސްކޫލަކީ މުޖުތަމައުގެ އެކި ހަރުފަތުގެ ދަރިވަރުން ގެނެސް އެއް ހަރުފަތަކަށް ލައިދޭ ތަނެއްކަމަށެވެ.

އަދި ސްކޫލު ތެރޭގައި ދަރިވަރު ތަފާތުވާނީ އެދަރިވަރަކު ހޯދައި ކާމިޔާބުން ކަމަށާއި ހުރިހާ ދަރިވަރުންނަށް ވެސް ސްކޫލެއްގައި ހުންނާނީއެއް ފުރުސަތުތަކެއްކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ފުރުސަތުގެ ބޭނުން ހިފުމަކީ ދަރިވަރުންގެ ޒިންމާއެއްކަމަށް ނަޝީދުވަނީ ދަރިވަރުންނަށް ހަނދާކޮށްދެއްވާފަ އެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައިއެސްކޫލުގެ ޕްރިންސިޕަލް ނާސިހާ ވާހަކަފުޅު ދައްކަވަނީ–

ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ނަޝީދު ވިދާޅުވީ ޔުނީފޯމް އަަޅައިގެން ކިޔަވާ ކުއްޖާ އާއި ނުކިވަޔާ ކުއްޖާ ވަރަށް ތަފާތު ވާނެކަމަށާއި މީހާގެ ތައުލީމް ދައްކާދެނީ އެމީހެއްގެ އުޅުމާއި އަހުލާގުން ކަމަށެވެ.

ގްރޭޑް 7 ގެ ދަރިވަރުންގެ އިނާމުތަށް ހަވަލުކޮށްދެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝަހީދާ އަލީ ޖަލާލުއްދީން ސްކޫލް ޕްރިންސިޕަލް އައިމިނަތު މުހައްމަދެވެ.

ގްރޭޑް 8، ގެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ދިރާގު ކުޅުދުއްފުށީގެ އޮޕަރޭޝަން ސެންޓަރުގެ މެނޭޖާރ އަބުދުﷲ ޞާދިގެވެ. ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ހދ އެޓޯލް ކޮމާންޑަރ އިންސްޕެކްޓާރ އޮފް ޕޮލިސް ރަޖްނީ ޝުއައިބެވެ.

އަފީފުއްދީން ސްކޫލުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން–

މީގެ އިތުރުން ޔުނިޕޯމް ބޮޑީސްތަކާއި ހައުސްވަނަތައް، އަފީފުއްދީން ސްކޫލަށް މިދިޔަ އަހަރު ރީތިނަން ހޯދައިދިން ދަރިވަރުންނަށް ޓްރޮފީ އަދި ހާއްސަ ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން މުހައްމަދު ނަޝީދެވެ.

2017 ވަނަ އަަހަރު އާއިލީ ޒިންމާގެ ޗުއްޓީ އަދި ދިރާސީ އަހަރުގެ ހުރިހާ ދުވަހަކު ސްކޫލަށް ހާޒިރުވި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް ހިތްވަރުގެދިނުމުގެ ގޮތުން ހަނދާނީ ފިލާ ވަނީ ދީފަ އެވެ.

2017 ވަަނަ އަހަރު އަހަރު އަފީފުއްދީން ސްކޫލުގައި ޖުމަލް 758 ދަރިވަރުން ވަނީ ތައުލީމް ހާސިލް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355