މޫނު ނިވާކޮށްގެން ހުރި މީހަކު ފިހާރައެއްގައި އިން އަންހެން ސޭޓަކަށް ވަޅިން ބިރުދެއްކުމަށްފަހު ރުފިޔާތަކެއް ފޭރިގެންފި އެވެ.
ކުޅުދުއްފުށީގައި ހުންނަ “ޒަޔާން މާރޓް” ނަމަކަށް ކިޔާ ފިހާރަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ސޭޓަށް ވަޅިއަކުން ބިރުދެއްކުމަށްފަހު ރުފިޔާރައް ފޭރިގެންފައިވަނީ ރޭ 10 ޖަހާއެހާއިރު އެވެ.
އެތަނުގެ މަސައްކަތް ކުރާ މީހަކު ބުނީ ފިހާރަށް އެމީހާ ވަތްއިރުވެސް ހުރީ މޫނު ނިވާކޮށްގެން ކަމަށެވެ. އަދި އަތުގަ ފޫޓެއްހާ ދިގު ވަޅިއެއް އޮތްކަމަށާއި ވަޅި ދިމާކުރުމަށް ފަހު ވަތްގަނޑުގައި ހުރި ހުރިހާ ރުފިޔާއެއް ފޭރިގަތް ކަމަށެވެ.
” އެތަށް ފަހަރު ވަޅި ދިމާކުރި، ރުފިޔާތައް ފޭރިގަނެގެން ނުކުމެ ދިޔައީ ސައިކަލެއްގަ.” އެމީހާ ކިޔައިދިނެވެ.
ސައިކަލުގައި އިނީ އެމީހާ އެކަނިކަމަށާއި ސައިކަލުގެ ނަންބަރުވެސް ހުރީ އެއްޗެއް އަޅައި ނިވާކޮށްފައިކަމަށެވެ. ފިހާރައިން ފޭރިގަތީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.