twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރައްޔިތުން އާދޭސްކުރަނިކޮށް ފަރުވާ ކުޑަކޮށް ބަނދަރު ހެދުމުންގެ ހިތި ނަތީޖާ ނެއްލައިދޫން !

Sep 2, 2018

25 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހދ ނެއްލައިދޫގައި ސަރުކާރުން ހެދި ބަނދަރު ނިންމާ ރަސްމީކޮށް ހުޅުވީ 2016 ވަނަ އަހަރުގެ ތެރޭގައި އޮކްޓޯބަރުމަހު އެވެ. ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީން އެރަށަށް ވަޑައިގަތުމުންވެސް ބަނދަރުގައި ހުރި މައްސަލަތައް އެރަށު ކައުންސިލްގެ އޭރުގެ ރައީސް ފިކުރީ ރައީސް އަރިހުގައި ދެންނެވި އެވެ. އެގޮތުން ބަނދަރުގެ ފައިކައްޓެއް ލުމަށާއި ތޮށި ބޭރަށް ދަމާލަ ދިނުމަށް ރައީސްގެ އަރިހުން އޭނާ އެދިލެއްވި އެވެ. ނަމަވެސް އެކަމަށް ސަރުކާރުން ހައްލެއް ނުގެނެސް ދެއްވި އެވެ.

މި ބަނދަރު ރަސްމީކޮށް ހުޅުވި ފަހު މިހާރު ދެ އަހަރުވާ ކައިރިވެފައިވާއިރު ބަނދަރު ބޭނުންކުރަން ދަތިވެ، ބޮޑެތި މައްސަލަތައްވަނީ ކުރިމަތިވެފައިވެ އެވެ. ބަނދަރުގައި ފައިކައްޓެއް ނެތުމުންނާއި ތޮށި ކުޑަވުމުގެ ސަބަބުން މޫސުމީ ގޮތުން އަންނަ ބަދަލުތަކާ ހެދި ބަނދަރުގެ ތެރެއަށް ވެލިއަރައި އެތަނުގެ ތެރޭގައި ވަނީ ތުނޑިއެއް ނުވަތަ ބީޗެއް ހެދިފައިވެ އެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ބަނދަރުތެރެ ފަސްއަރައި ހިކިފައި އޮންނަތާ 2 ހަފްތާވަރު ވެދާނެ ކަމަށާއި މީގެ ކުރިންވެސް މިމައްސަލަ ދިމާވެފައިވާ ކަމަށެވެ. މޫސުމީ ބަދަލުތަކާ ހެދި ވެލިތައް ރަށުގެ އެކި ސަރަހައްދުތަކަށް އެކި ދުވަސްވަރު ޖަމާވާ ކަމަށާއި އަނެއްކާވެސް މޫސުމް ބަދަލުވުމުން އިހު ހުރިގޮތަށް ވެލިތައް ބަދަލުވިޔަސް ކޮންމެވެސް ވަރަށް ބަނދަރުގެ ތެރެއަށް ވެލި އެޅި ތިލަވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިއީ މިހާ ބޮޑަށް އެއްގަމު ތޮއްޓާ ހިސާބަށް މި ފަސްގަނޑު އައި ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވި އެވެ.

ނެއްލައިދޫ ބަނދަރަށް ވެލި އަރައި ހިކިފަ–

ފަސްގަނޑު ބަނދަރު ތެރެއަށް ވަންނަ މެދުވެރި ވަނީ ބަނދަރު ހެދިފައި އޮތް ގޮތުން ކަމަށާއި ބަނދަރުގެ ދެކުނު ކޮޅު ބޮޑު ސަރަހައްދެއް މިހާރު އޮތީ ތިލަވެ، އެފަރާތުން ކަން އޮތީ އެކޮށްވެލި އަރައި ހިކިފައިކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

އެގޮތުން ބަނދަރު ހަދަމުން ދިޔަ އިރުވެސް ރައްޔިތުން ވަނީ ދެކުނުފަރާތުގައި ބަނދަރު ފައިކައްޓެއް އަދި ނެރުގައިވެސް ފުށުއަރާގޮތަށް ދެފައިކަށި ލައިދިނުމަށް އެދިފައިކަމަށާއި އެހެން ނޫނީ އިރުވައި މޫސުމުގައި އިރުމަތި ފަރާތުން އަންނަ ބިޔަ ރާޅުތައް އެއްވެސް ހުރަހެއް ނެތި ސީދާ ވަންނާނީ ފުޅުތެެރެއަށްކަމަށް އޭރުވެސް ބުނަމުންދިޔަކަމަށް ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި އެހެންނަމަވެސް ސަރުކާރުން ބަނދަރު ނިންމާފަ ހުޅުވާފައިވަނީ ފައިކައްޓެއްވެސް ލައިނުދީ ކަމަށާއި ރައްޔިތުން ފަސޭހަވާގޮތަށް ބަނދަރު ހެދުމުގެ ވިސްނުމެއް ސަރުކާރުން ނުގެއްގުޅޭ ކަމަށެވެ.

ނެއްލައިދޫ ބަނދަރަށް ވެލި އަރައި ހިކިފަ–

މިހާރު އޮޑި ދޯނި ފަހަރުތަށް އަޅަމުން ގެންދަނީ ބަނދަރުގެ އުތުރު ކޮޅުގައެވެ. އެއީ ނެރާ ދުރުކޮޅުކަމުން އެކަމުގެ އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާކަމަށާއި އެބަނދަރަކީވެސް ރަށުގެ އޮޑިދޯނި ފަހަރާ އަޅައި ބަލާފައިވެސް ކުޑަ ބަނދަރެއްކަމުން ފެރީ ފަދަ ބޮޑެތި އުޅަނދުތަކަށް އެސަރަހައްދުފައި ދޯނި ފަހަރު ގިނަވުމުން ރަށާ ކައިރި ކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ. ބަނދަރުގެ ތެރެއަށް ވެލި އެޅި ބީޗް ހެދިފައިމިވާ ދުވަސްވަރު އެމައްސަލަ ބޮޑުންކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މީގެ ކުރިން ތަކުރާރުކޮށް މި އަހަރުގެ ކުރީކޮޅުގައިވެސް ކައުންސިލްގެ ފަރާތުން ސަރުކާރަށް ދޯނި ފަހަރު ބީހޭ ވާހަކަ އާއި ބަނދަރު ފުންކޮށްދިނުމަށް އެދި ދަންނަވާފައިވާނެ ކަމަށާއި އެހެން ނަމަވެސް އެ ސިޓީގެ ޖަވާބުވެސް ނުލިބޭކަމަށެވެ. މިމައްސަލަ އަނެއްކާވެސް ކުރިމަތިވުމުން ސިޓީގެ ޖަވާބެއް ހޯދުމަށް އެދުމުން ތިން ދުވަހުގެ ތެރޭގައި ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

2011 ވަނަ އަހަރު ހެވީ ފޯސްއާ ހަވާލުކޮށްގެން ހެދި މި ބަނދަރަކީ 400 ފޫޓާއި 200 ފޫޓްގެ ބަނދަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355