twitterviber whatsapp telegramfacebookyoutube instagram
8th November 2026

ކުޅުދުއްފުށީގައި ހިންގި “ރިބަން އެމްބްރޮއިޑް” ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓްދީފި

Apr 8, 2011

ކުޅުދުއްފުށީގައި “ރިބަން އެމްބްރޮއިޑް” ގެ ނަމުގައި ރިބަނުން ތަކެތި ހަދަން ދަސްކޮށްދޭ ކޯހެއް ހިންގައި، ކޯސް  ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ކޯސް ނިންމި ބައިވެރިންނަށް ސެޓެފިކެޓް ހަވާލުކުރުމުގެ ގޮތުން އިއްޔެ ހަވީރު މަތިއުތުރު ގައުމީ އިދާރާގައި  ބޭއްވި ހަފްލާގައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ސޮސައިޓި ފޮރ ކުޅުދުއްފުށީ ޔޫތު ގެ ރައީސް އަލްފާޟިލް އަބްދުއްރަޝިދު ސައީދުއެވެ. 52 ދެފަރާތަކުން ސެޓްފިކެޓް ހާސިލްކުރި މިކޯސް ހިންގާފައި ވަނީ މާރޗް 31 ހުން އެޕްރިލް 6 ކަށެވެ.

މި ކޯސް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ސާދުނާ އިބްރާހިމް ހާމަކުރެއްވި ގޮތުގައި މިފަދަ ކޯހެއް އިންތިޒާމް ކުރުމުގެ މަގްސަދަކީ ކުޅުދުއްފުށީގެ އަންހެން ބޭފުޅުން އަމިއްލައަށް ގޭގައި ތިއްބަވައިގެން އާމްދަނީ ހޯދިދާނެ މަސައްކަތެއް ދަސްކޮށްދިނުން ކަމަށެވެ. އަދި މިފަދަ އެހެން ކޯހެއް ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އެފަރާތުން ވަނީ ހާމަ ކޮށްފައެވެ.

މިކޯހުގައި ކިޔަވާދެއްވީ އޯކިޑްސް އެންޑް އާރޓްސްގެ މެނޭޖަރ އަލްފާޟިލާ ނަދީމާ އިބްރާހިމެވެ. ނިންމުމުގެ ހަފްލާގައި ކޯހުގެ ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކީ އަިމިނަތު ޤާސިމް، ތަރި އެވެ. ސެޓްފިކެޓް ތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ދަރިވަރުން ރިބަނުން ތައްޔާރު ކޮށްފައިވާ ތަފާތު އެއްޗެހި ދައްކާލަން ބަހައްޓާފައި ހުރިއެވެ.

[fpg id=”1302234716_625x720_Ribbon-Android-Course.xml”]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293